ނާޒިމް ސައްތާރުގެ ބަންދަށް އިތުރު 7 ދުވަސް

ނާޒިމް ސައްތާރުގެ ބަންދަށް އިތުރު 7 ދުވަސް

Author
މުޙައްމަދު ޝަޒައިމް
05 އޮގަސްޓް 2022 09:42
0

އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ ބަންދަށް އިތުރު 7 ދުވަސް ދީފިއެވެ.

ބަގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހަމަތު ކުރެވިފައިވާ ނާޒިމް ސައްތާރު ފުލުހުން ހައްޔަރު ކޮށްފައިވަނީ ފިލައިގެން ގޮސް ވެލިގަނޑު ރިސޯޓުގައި ހުއްޓައެވެ. އޭނާ ހައްޔަރު ކޮށްގެން ގެންގޮސްފައިވަނީ އއ. ރަސްދޫއަށެވެ.

އެތަނުގައި އޭނާ ބެހެއްޓުމަށްފަހު، އެ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.

އޭނާގެ ބަންދުގެ މުއްދަތު މިއަދު ޖަހާފައި ވަނީ ކްރިމިނަލް ކޯޓުންނެވެ. ނާޒިމް ހައްޔަރު ކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެ މަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެ ތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަހުގީގަށް އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.