"ރަކްޝާ ބަންދަން" އަކީ އަކްޝޭ މިހާތަނަށް ކުޅުނު އެންމެ ކުރު ފިލްމު

"ރަކްޝާ ބަންދަން" އަކީ އަކްޝޭ މިހާތަނަށް ކުޅުނު އެންމެ ކުރު ފިލްމު

Author
ފާތިމަތު ނާވީ
05 އޮގަސްޓް 2022 09:20
0

މިމަހުގެ 11 ވަނަ ދުވަހު ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ، އަކްޝޭ ކުމާރުގެ ފިލްމު "ރަކްޝާ ބަންދަން" އަކީ އޭނާ މިހާތަނަށް ކުޅުނު އެންމެ ކުރު ފިލްމު ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ފިލްމަކީ 110 މިނިޓްގެ ފިލްމެކެވެ. އާންމު ގޮތެއްގައި ބޮލީވުޑް ފިލްމުތައް 2 ގަޑިއިރަށް ވުރެ ދިގުވާނެއެވެ. އެއީ ހިންދީ ފިލްމު ތަކަކީ އޭގައި ގިނަ ލަވަތަކެއް ވެސް އެކުލެވޭ އެއްޗަކަށް ވުމުން އެހެން ފިލްމުތަކާ އަޅައި ބަލާއިރު ދިގީއެވެ.

މިއީ އަކްޝޭގެ 30 އަހަރަށްވުރެ ދިގު ކެރިއަރުގައި ކުޅޭ އެންމެ ކުރު ފިލްމެވެ. "ރަކްޝާ ބަންދަން" އަކީ ހަތަރު އަންހެން ކޮއްކޮއިންގެ ވާހަކަ ކިޔައިދޭ ވަރަށް ޖަޒުބާތީ ފިލްމަކަށް ވާނެއެވެ. މި ފެމެލީ ޑްރާމާ އަކީ އަކްޝޭ އާއި ބޫމީ އެކުގައި ކުޅުނު 2017 ގެ ކާމިޔާބު ފިލްމު "ޓޮއިލެޓް: އޭކް ޕްރޭމް ކާތާ" އަށް ފަހު ދެތަރިން އެކުގައި މަސައްކަތް ކުރާ ދެވަނަ ފިލްމެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

އާނަންދު އެލް ރާއީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމު މި މަހުގެ 11 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ނަމަވެސް ފިލްމަށް ބޮޑު އެހެން ފިލްމަކާ ކުރިމަތިލާން ޖެހޭނެއެވެ.

ފިލްމު ރިލީޒް ކުރާ ދުވަހުގައި އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" ވެސް ރިލީޒް ކުރެއެވެ. މިއީ ފިލްމަށް ކުރިމަތިވާނެ ވަރަށް ބޮޑު ޗެލެންޖެކެވެ.

ދެފިލްމަކީ ވެސް ދެ ޖޯންރާއެއްގެ 2 ފިލްމެކެވެ. އެހެން ކަމުން މިގޮތަށް ނެރޭ ފިލްމުތަކަށް ތަރުހީބު ލިބިގެން ދަނީ އުންމީދު ނުކުރާކަހަލަ ގޮތަކަށެވެ. ބޮލީވުޑްގައި މިއަހަރު ރިލީޒްކުރި ގިނަ ފިލްމްތަކުން ފެނުނު މަންޒަރަކީ މިއީއެވެ.

މި ފިލްމަކީ އަކްޝޭގެ އެންމެ ފަހުގެ ފިލްމް "ޕްރިތުވީރާޖް"އަށް ބޮޑު ނާކާމިޔާބެއް ލިބުނު ފަހުން، ރިލިޒްކުރާ އޭނާގެ ފުރަތަމަ ފިލްމެވެ. އެހެން ކަމުން މި ފިލްމާ ދޭތެރޭ ކުރެވޭ އުންމީދު ވަރަށް ވެސް ބޮޑެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.