ކޯވިޑް-19 : އަޖީއެމްއެޗްގައި ފަރުވާދެމުންދިޔަ 72 އަހަރުގެ ދިވެއްސެއް ނިޔާވެއްޖެ

ކޯވިޑް-19 : އަޖީއެމްއެޗްގައި ފަރުވާދެމުންދިޔަ 72 އަހަރުގެ ދިވެއްސެއް ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
16 ނޮވެމްބަރ 2020 11:38
0

ކޯވީޑް-19އަށް ފަރުވާދެމުން އައި އިތުރު މީހަކު ނިޔާވެއްޖެއެވެ.

މިރޭ ނިޔާވެފައިވަނީ އައިޖީއެމްއެޗުގައި ފަރުދޭމުންދިޔަ ޢުމުރުން 72 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ފާއިތުވެގެން މިދާ 3 ދުވަހުގެ ތެރޭގައި ރާއްޖެއިން ކޯވިޑް 19 ގައި ނިޔާވި 4 ވަނަ މީހާއެވެ. މިވަގުތުވެސް ހޮސްޕިޓަލުގައި 59 މީހަކަށް ދަނީ ފަރުވާދެމުންނެވެ. ފާއިތުވެދިޔަ 3 ދުވަހު ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު، މިއަދު ވަނީ 110 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. މިއީ ފާއިތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެންމެ ގިނައިން މީހުން ޕޮޒިޓިވްވި އެއްދުވަހެއެވެ.

އިއްގެ ވަނީ ކޯވިޑަށް ފަރުވާ ދެމުންދިޔަ 2 މީހަކު ނިޔާވެފައެވެ. އަދި އޭގެ ކުރީ ދުވަހުވެސް ވަނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެފައެވެ. މިރޭ ނިޔާވި މީހާއާއިއެކު ކޯވިޑް-19ގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 45 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ނިޔާވިި 45 މީހުންގެ ތެރޭގައި ހިމެނެނީ 37 ދިވެހިންނާއި 8 ބިދޭސީންނެވެ. މިއީ މިހަފްތާގެ ތެރޭގައި ކޯވިޑްގައި ނިޔާވި 4 ވަނަ މީހާއެވެ.

ރާއްޖެއިން މިހާތަނަށް 12،204 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 947 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. ރާއްޖެއިން ކޯވިޑް 19 އަށް ލުއިތަކެއް ދީފައިވާއިރު މިހާރު ޕޮޒިޓިވްވާ މީހުންގެ އަދަދާއި، ބަލީގައި ނިޔާވާ މީހުންގެ އަދަދަށް ބަލާއިރު އަނެއްކާވެސް ފިޔަވަޅުތައް ހަރުކަށި ކުރުމަކީ ކައިރިކަމެކެވެ. ދުނިޔޭގައި ކޯވިޑް 19 ގައި މިއަދުވެސް ވަނީ ރެކޯޑް މިންވަރަކަށް މީހުން މަރުވެފައެވެ. ބައްޔަށް އަދިވެސް ޔަގީންކަމާއިއެކު ވެކްސިނެއް ލިބިފައިނުވާއިރު، ބަލި ކޮންޓްރޯލް ކުރުމަށް މިހާތަނަށް ދުނިޔޭގެ އެންމެ ބޮޑެތި ޤައުމުތަކަށްވެސް މާބޮޑުކަމެއް ކުރެވޭތަނެއް އަދި ނުފެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.