ފަޒްލޫންގެ ރައްދު: ދީނާމެދު ކޮންމެފަދަ ވާހަކައެއްވެސް މައުމޫން ދައްކާފާނެ!

ފަޒްލޫންގެ ރައްދު: ދީނާމެދު ކޮންމެފަދަ ވާހަކައެއްވެސް މައުމޫން ދައްކާފާނެ!

ދީނާމެދު ކޮންމެފަދަ ވާހަކައެއްވެސް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ދައްކަވާފާނެކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ފަޟްލޫން ބިން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފަޟްލޫން މިހެން ވިދާޅުވީ ޔޯގާއަކީ ހަރާމް ކަމެކޭ ނުބުނެވޭނެކަމަށް މައުމޫން ވިދާޅުވުމާއި ގުޅިގެންނެވެ. ރައީސް މައުމޫންގެ މި ވާހަކަފުޅަށް ދީނީ ޢިލްމުވެރިން އަންނަނީ ފާޑު ވިދާޅުވަމުންނެވެ.

ކުރީގެ ރައީސް މައުމޫން ޤުރުއާނުގެ އާޔަތެއް ވިދާޅުވާ ވީޑިއޯއަކާއެކު ފަޟްލޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ޖެހިލުމެއް ނެތި އަމިއްލަ ޖީބުން ޤުރްއާނަށް އާޔަތެއް އިތުރުކޮށްލި މައުމޫނު، ދީނާމެދު ކޮންމެފަދަ ވާހަކައެއްވެސް ދައްކައިފާނެކަމަށެވެ.

ފަޟްލޫނަކީ ޔޯގާ ހަރަކާތަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޢިލްމުވެރިއެވެ. ޖަލުގައި މަހެއްހާ ދުވަހު ބެހެއްޓުމަށްފަހު ސަރުކާރުން ވަނީ ފަޟްލޫން ދޫކޮށްލާފައެވެ.؛ ނަމަވެސް ޝައިޚް ނިޝާން އަދި ދޫކޮށް ނުލައެވެ.

ޔޯގާ އާއި ގުޅޭގޮތުން އެކި ފަރާތްތަކުން އަންނަނީ ތަފާތު ރަޢުޔު ނެރެމުންނެވެ. ހަރާމްވާނީ ހަމައެކަނި ﷲ ޙަރާމް ކުރެއްވި ކަންތައްތަކެވެ.” މިމައުޟޫޢުގެ މައްޗަށް އެމަނިކްފާނު ކުރެއްވި ދިރާސާއެއް އެމަނިކުފާނު ވަނީ އާންމުކުރައްވާފައެވެ.

މި ލިޔުއްވުމުގައި މައުމޫން ވިދާޅުވެފައިވަނީ، ގައުމީ ނުވަތަ އިޖުިތިމާޢީ މުނާސަބަތުތައް ފާހަގަ ކުރުމާއި އިންސާނީ ގުޅުންތައް ބަދަހިކުރުމަށް ކުރެވޭ ކަންކަމާއި އުފަންދުވަސް ފާހަގަ ކުރުމާއި އެކިއެކި ކުޅިވަރު ކުޅުމާއި މުނިފޫހި ފިލުވުމަށް ކުރާ ކަންކަމަކީވެސް ހުއްދަ ކަންކަމުގެ ގޮތުގައި ބެލެވޭނެ ކަންކަމެވެ.

މައުމޫނުހެ އަމިއްލަފުޅު ޕާޓީ އެމްއާރުއެމްއިން އާންމުކުރި މި ލިޔުއްވުމުގައި މައުމޫން ވިދާޅުވެފައިވަނީ ހަރާމް އަދި ހަލާލު ކަންކަމަކީ ކަނޑައެޅި ބަޔާންވެގެންވާ ކަންކަންކަމަށާއި، ހަރާމް ކަންކަމުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަންކަމާއި އެކަންކަމުގެ މައްޗަށް ހަރާމްކަމުގެ ގަރީނާތައް ފެންނާން ހުރި ކަންކަން ފިޔަވައި އެހެން ހުރިހާ ކަންކަމަކީ ހުއްދަވެގެންވާ ކަންކަން ކަމުގައެވެ.

ސަބަބެއް ކަމުގައި މައުމޫން ބަޔާން ކުރައްވާފައިވަނީ، ދުނިޔެއާއި ދުނިޔޭގައި ވާހާތަކެއްޗެއް ﷲ ހައްދަވާފައިވަނީ އިންސާނުންނަށްޓަކާ ކަމަށް ﷲ ސުބުހާނަހޫ ވަތަޢާލާ އަންގަވާފައި ވުމެވެ.

މައުމޫނުގެ ލިޔުއްވުމުގައި ވާގޮތުން ހަރާމް ހަލާލް ކަންކަމަކީ އެކަންކަން ކަނޑައެޅުމުގެ ބާރު ހަމައެކަނި ﷲ ތަޢާލާއަށް ވާ ކަންކަމެވެ.

ޔޯގާއަކީ ހަރާމްކަމެއް ނޫންކަމުގައި މައުމޫން ފަތުވާ ނެރުއްވާފައިވާއިރު މިއީ ހަރާމްކަމެއް ކަމުގައި ނިންމާ ރާއްޖޭގެ 104 ދީނީ އިންމުވެރިއަކު ނެރުއްވާފައިވާ ފަތުވާއެއް އިލްމުވެރިންގެ ގުޅުމުން ވަނީ އާންމު ކޮށްފައެވެ. އަދި މިމައްސަލާގައި ދީނީ އިލްވެރިންނާއި ސިޔާ ލީޑަރުންވެސް ގެންދަވަނީ އެކިއެކި ރައުޔުތައް ނެެރުއްވަމުންނެވެ.

ސިޔާސީ ލީޑަރުންގެ ތެރެއިން އަމިއްލަފުޅު ރައުޔު ހާމަކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝިދު ވިދާޅުވެފައިވަނީ ޔޯގާއަކީ ހަރާމް ކަމެއްކަމުގައި ބުނާ ދީނީ އެއްވެސް ފަތުވާއެއް ނެތްކަމުގައެވެ.

އެހެންނަމަވެސް ޚިޔާލު ތަފާތުވުން ބޮޑު މި މައްސަލާގައި ސަރުކާރުގެ ފަތުވާ މަޖިލިހުން އަދި މިހާތަނަށް އެއްވެސް ރައުޔެއް ހާމަ ކުރައްވާފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *