ޔޯގާއާއި ގުޅޭގޮތުން މައުމޫންގެ މުޅިން ތަފާތު ރައުޔެއް!

ޔޯގާއާއި ގުޅޭގޮތުން މައުމޫންގެ މުޅިން ތަފާތު ރައުޔެއް!

Author
ހުސެއިން
27 ޖުލައި 2022 07:17
0

ޔޯގާގެ މައްސަލާގައި ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ސިޔާސީ ބައެއް ފަރާތްތަކާ ދެމެދު ޚިޔާލު ތަފާތުވެ، ސޯޝަލް މީޑިއާގައި ހޫނު ބަހުސްތަކެއް ހިގަމުން ދަނިކޮށް، ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން މިކަމާއި ގުޅޭގޮތުން މުޅިން ތަފާތު ރަޢުޔެއް ނެރުއްވައިފިއެވެ.

ޔޯގާއަކީ ހިންދޫންގެ ދީނީ އަޅުކަންތަކާއި ގުޅުންހުރި، އިސްލަމްދީނުގައި ހުއްދަ ނޫން ކަމެއް ކަމުގައި ބުނެ، އަދާލަތު ޕާޓީއަށް ނިސްބަތްވާ ދީނީ އިލްމުވެރިން މިމައްސަލަ ދިރާސާ ކުރެއްވުމަށްފަހު، ޔޯގާއަކީ އިސްލާމްދީނުގައި ހުއްދަ ނޫން، ހިންދޫންގެ އަޅުކަމެއް ކަމުގައި ބުނެފައިވަނިކޮށް މިހާރު ނޫހަށް ރައީސް މައުމޫން ދެއްވި ރައުޔުގައި ވިދާޅުވެފައިވަނީ، ޔޯގާ ހެދުމުގައި ޝިރުކުގެ އަމަލެއް ނުހިމެނޭނަ އެއީ ހުއްދަ ކަމެއް ކަމުގައެވެ.

މިގޮތުން ރައީސް މައުމޫނާ ހަވާލާދީ މިހާރުން ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޝިރުކުގެ އަމަލެއް ނުހިމެނޭނަމަ އެއީ ހަރާމް ކަމެއްގެ ގޮތުގައި ނުނިންމޭނެ ކަމަށް މައުމޫން ވިދާޅުވެފައި ވެއެވެ.

"ބައެއް މީހުން ބުނޭ އޭގައި [ޔޯގާ ހެދުމުގައި] އިރަށް އަޅުކަން ކުރުން ފަދަ ކަންކަން ކުރާ ކަމަށް. އިރަށް ކުރިމަތިލައިގެން ތިބެ ކަންތައްތަކެއް ކުރާ ވާހަކަ. އެ ކަހަލަ ކަމެއް ނެތިއްޔާ މައްސަލައެއް ނޫން އެއީ. ތިމާގެ ސިއްހީ، ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި ކުރާ ކަސްރަތުތަކެއް އެއީ،"

ރައީސް މައުމޫނާއި ހަވާލާދީ މިހާރު ނޫހުން ރިޕޯޓު ކޮށްފައި ވެއެވެ.

ރައީސް މައުމޫން ވިދާޅުވެފައިވަނީ ޔޯގާއާއި އިސްލާމްދީނާއި ގުޅުވައިގެން ދެއްކޭބެ ވަހަކައެއް ނެތްކަމުގައެވެ. ސަބަބެއްކަމުގައި މައުމޫން ވިދާޅުވެފައިވަނީ އިސްލާމްދީން ބިނާވެފައިވަނީ ގުރުއާނާއި ސުންނަތުގެ މައްޗަށްކަމަށް ވެފައި ގުރާނާއި ސުންނަތުގައި ޔޯގާގެ ވާހަކަ އައިސްފައި ނެތުމެވެ.

ހަރާން ވާނީ މާތް ﷲ ހަރާން ކުރެއްވި ކަންތައްތަކެއް. ހަރާން ކުރެއްވުމުގެ އިހުތިޔާރަކީ ހަމައެކަނި މާތް ﷲ އަށް އޮންނަ އިހުތިޔާރެކޭ. [ﷲ] ނާންގަވާ ކޮންމެ ކަމަކީ ހަލާލު ކަމެއް.

މައުމޫނު ވިދާޅުވެފައި ވެއެވެ.

ޔޫގާއާއި ގުޅޭގޮތުން ރައީސް މައުމޫނު ނެރުއްވާފައިވާ ރައުޔުގައި ޔޯގާއަކީ ހަރާމް ކަމެއް ކަމަށްވެސް އަދީ ނޫންކަމަށްވެސް ސާފުކޮށް ވިދާޅުވެފައެއް ނުވެއެވެ. އެހެންނަމަވެސް ރައީސް މައުމޫންގެ ރައުޔު ހާމަ ކުރެއްވިއިރު ޔޯގާގެ ސައްހަމަކާއި ގުޅޭގޮތުން ނުވަނަ ނޫންކަންވެސް ވިދާޅުވެ ދެއްވުމުގެ ގޮތުން ދުނިޔޭގެ އެއްވެސް އިލްވެރިއެއްގެ ވާހަކަފުޅަކަށް ނުވަރަ ޔައުޔަކަށް ރިއާޔަތް ކުރައްވާފައެއް ނުވެއެވެ.

މައުމޫން ވާހަކަފުޅުންތަކުން ބޮޑަށް މޭރުން ކުރެވެނީ، ޔޯގާއަކީ ކަސްރަތުގެ ގިންތިއަށް ފެތޭ ހަރަކާތަކަށްވުމުން، މި ހަރަކާތް އިސްލަމް ދީނާއި ގުޅުމެއް ނެތްކަންކަމަށް ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.

ޔޯގާ ހަރަކާތުގެ ސައްޙަކަމާއި ގުޅޭގޮތުން ގިނަ ބައެއްގެ ޚިޔާލުތަފާތު ވެފައިވަނީ މިއަހަރުގެ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ރޭވި ބޮޑު އިވެންޓަށް ދީނީ ގިނަ އިލްމްވެރިން ދެކޮޅު ހަދަން ފެށި ހިސާބުންނެވެ. އަދި ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ އިވެންޓު ހުއްޓުވަން، ދީނީ ބައެއް އިލްމުވެރިން އިސްވެ ހިންގި ހަރަކާތައްފަހު ސަރުކާރުންވަނީ ޚާއްސަ ތަހުގީގެއް ފައްޓަވާ، ދީނީ އިލްމުވެރިން ހައްޔަރުވެސް ކޮށްފައެވެ.

ޔޯގާއަކީ ހަރާމްކަމެއްތޯ ނުވަތަ ހަލާލް ކަމެއްތޯ ކުރެވޭ ބަހުސްގައި މިހާތަނަށް އެންމެ ތަފްސީލީ ގޮތެއްގައި ރައުޔެއް ނެރުއްވާފައިވަނީ އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ ފަރާތުންނެވެ.

މިހަފްތާގެ އާދިއްތަ ދުވަހު އެޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުންނެރުއްވި ރައުޔުގައި ވިދާޅުވެފައިވަނީ ޔޯގާގެ ޙަރަކާތްތަކާއި ޢަމަލުތަކުގެ އަސްލަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުކޮށް އެނގޭކަމަށާއި، ޖުުމްހޫރު އިލްމުވެރިންގެ ރައުޔަކީ ޔޯގާ ހެދުމުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫން ކަމުގައެވެ.

"އިސްލާމީ ފިގުހުވެރިންގެ މީޒާނުގައި "ޔޯގާ" މިނަމުގައި އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުން މިއަދު އާންމުކުރި ކަރުދާހުގައި ވަނީ ޔޯގާ އާއި ގުޅޭ މައިގަނޑު ތިން ރަޢުޔެއް އޮތްކަމަށެވެ. އޭގެތެރެއިން 2 ރަޢުޔަކީ ޔޯގާ ހަރާމްކަމަށްނިންމާފައިވާ ރަޢުޔުކަމަށާއި، އަނެއް ރައުޔުގައިވާ ޝަރުތުތަކާ އެކު ޔޯގާ ހަދާނަމަ ހަގީގަތުގައި ޔޯގާއަށް ނުވާނެކަމަށް ޢިލްމުވެރިންގެ މަޖިލީހުގެ ކަރުދާހުގައިވެއެވެ.

މައްސަލައިގެ ތިން ރައުޔަށް ނަޒަރު ހިންގާލާ ވިސްނާލުމުން ފާހަގަވާ ކަންކަންކަމަށް މި ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންކަމަކީ:

  1. ޔޯގާގެ އަސްލު ކަމުގައި ހިންދޫ ދީނުގެ މަފްހޫމުގައި ވާ ޔޯގާ ހެދުން މުސްލިމަކަށް ހުއްދަ ނުވާނެކަމާއި އެއީ ކަންޑައެޅިގެން އިސްލާމްދީނާ ޚިލާފު ކަމެއްކަމަށް ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެއެވެ.
  2. ތިންވަނަ ރައުޔުގައިވާ ޤައިދު ނުވަތަ ޝަރުޠުތައް ގެނައުމުން ޔޯގާގެ އަސްލު ގެއްލި އެއީ ޔޯގާގެ މާނައިން ބޭރުގެ ހަރަކާތްތަކެއްކަމަށް ވެދެއެވެ. އަދި ޔޯގާ ހުއްދަވަނީ ކަމުގައި ބުނުމަށްވުރެ ޔޯގާގެ ނަމުގައިވާ ހަރަކާތްތަތަކެއް ހުއްދަ ވަނީ ކަމުގައި އެނގިގެންދެއެވެ. މިރައުޔުގެ ނަތީޖާއަކީ ހިންދޫދީނުގެ މަފްހޫމުގެ ޔޯގާއާއި ހުޅަނގުގެ މަފްހޫމުގެ ޔޯގާވެސް ހުއްދަ ނުވުމުވެ. އެހެންކަމުން ފުރަތަމަ ރައުޔާއި ތިންވަނަ ރައުޔުގެ ނަތީޖާގައި ތަފާތެއް ނެތްކަން އެނގިގެންދެއެވެ.
  3. މައްސަލައިގެ މަޙައްލުއް ނިޒާއަކީ (އިޚްތިލާފުވާ ނުކުތާއަކީ) ހިންދޫ ދީނުގެ މަފްހޫމާއި އިޢުތިޤާދުން ބޭރުވެ ހުޅަނގުގެ މަފްހޫމުގައިވާ ޔޯގާ ހެދުން މުސްލިމަކަށް ހުއްދަވޭތޯ ނުވަތަ ނުވޭތޯއެވެ؟

ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެ ސަބަބުތައްކަމަށް ޢިލްމުވެރިންފާހަގަކޮށްފައިވާ އެންމެ މުހިންމު އެއްކަމަކީ އެ ޢަމަލުގެ ތެރޭގައި ޝިރުކުގެ ޢަމަލު ހިމެނޭތީއެވެ.

ޔޯގާއަކީ ހުއްދަ ކަމެއްކަމަށް ވިދާޅުވެ އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު ވިދާޅުވެފައިވަނީ ޔޯގާ ހަރާކަމެއް ކަމަށް އެއްވެސް ދީނީ އިލްމުވެރިޔަކު ފަތުވާ ނެރެފައި ނުވާކަމަށާއި، އެހެންކަމުން، އެއީ ދިނީ ގޮތުން ހަރާމްކަމެއް ކަމުގައި ނުނިންމޭނޭ ކަމުގައެވެ.

ޔޯގާއާއި ގުޅޭގޮތުން ގިނަބައެއްގެ މެދުގައި ޚިޔާލު ތަފާތުވެފައިވާއިރު، ރާއްޖޭގެ ފަތުވާ މަޖިލީހުން މިކަމާއި ގުޅޭގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.