ދިވެހިންގެ މިނިވަންކަމާ ދައުލަތުގެ ސިޔާދަތާމެދު ފާރަވެރިވާން ޖެހިފައިވާކަމަށް ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ 57 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުއްވަމުން ރައީސް ވަޙީދު ވިދާޅުވީ، ދިވެހިންގެ މިނިވަންކަމާ ދައުލަތުގެ ސިޔާދަތާމެދު ވިސްނާ ފާރަވެރިވާންޖެހޭކަމަށާއި ފަޚްރުވެރި ދިވެހި ދިދަ އުސްކޮށް އުފުލާ ވިހުރުވަން ޖެހޭކަމަށެވެ.
މިނިވަން ދުވަހުގެ ތަހްނިޔާ ދަންނަވަން.
ދިވެހިންގެ މިނިވަންކަމާ ދައުލަތުގެ ސިޔާދަތާމެދު ވިސްނާ ފާރަވެރިވާންޖެހެއެވެ. ފަޚްރުވެރި ދިވެހި ދިދަ އުސްކޮށް އުފުލާ ވިހުރުވަން ޖެހެއެވެ. @avasmv @VaguthuOnline— Mohamed Waheed (@DrWaheedH) July 26, 2022
ދިވެހި ޖުމްހޫރިއްޔާގެ ފަސްވަނަ ރައީސް، ރައީސް ޑރ. ވަހީދު މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ސިޔާސީ އިސްވެރިން ގެންދަވަނީ ރާއްޖޭގެ މިނިވަންކަމާމެދު ސުވާލު އުފައްދަމުންނެވެ. ރައީސް ވަޙީދަކީ އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރެކެވެ.
ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޖަލްސާ މިއަހަރު ނުބާއްވަން ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތަށް ނިންމެވީ ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުންނެވެ. މިނިވަން ދުވަހުގެ ޖަލްސާއާއި އަދި އެއްވެސް ހަރަކާތެއް ނުބާއްވާތީވެސް ބައެއް ފާރްތަކުން ގެންދަނީ މިނިވަންކަމާއި ގުޅޭގޮތުން ސުވާލު އުފައްދާ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ކޮމެންޓު ފޮނުވާ