މަނުކު ވިދުރިއަކީ ދުނިޔެއަށް ކުރިމަތި ވެފައިވާ އިމަރޖެންސީ ހާލަތެއް ކަމަށް ކަނޑައަޅާ އެކަން އިއުލާން ކުރައްވަމުން، މިއީ ހެލްތު އިމަޖެންސީއަކަށް ވިނަމަވެސް، މިބަލި މިވަގުތު ފެތުރެމުންދަނީ އެއް ޖިންސުން ގުޅުން ހިނގާ ފިރިހެނުންގެ މެދުގައިކަމަށް ފާހަގަ ކުރެވިފައިވާ ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފިއެވެ.
މަނުކު ވިދުރިއަކީ ބައިނަލްއަގުވާމީ ހެލްތު އިމަރޖެންސީއެއްކަން އިއުލާން ކުރައްވަމުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސުސް މިއަދު ވިދާޅުވެފައިވަނީ، މިވަގުތަށް މި ބަލި ފެތުރެމުންދަނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައްޔާއި، އަދި ވަކީން ޚާއްސަކޮށް އެތައް ބަޔަކާއެކީ ގުޅުންހިންގަމުންދާ މީހުންގެ މެދުގައި ކަމުގައެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެހެންކަމުން ރަގަޅު ސްޓްރަޓަޖީތައް ބޭނުންކޮށްގެން ބަލި ފެތުރެމުންދާ މީހުންގެ މެދުގައި ބަލި ފެތުރުން ހުއްޓުވިދާނެކަމަށް އޭނާ ދެކެވަޑައި ގަންނަވައެވެ.
މަކުނުވިދުރީގެ ގިނަ ކޭސްތަކެއް ބޭނުން ކޮށްގެން ދާދިފަހުން ހަދާފައިވާ ދިރާސާއަކުންވެސް ދައްކާފައިވާ ގޮތުގައި މިބަލި މިފަަހަރު ފެތުރެން ފަށާފައިވަނީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ފަރާތުން ޔޫރަޕްގައެވެ. އަދި މިހާރު ދުނިޔޭގައި މި ބަލި ޖެހިފައިވާ 16،000 މީހުން އެބަ ތިއްބެވެ.
ފާއިތުވެދިޔަ ހަފްތާތަކުގައި އެމެރިކާގައި މިބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރު ވެފައެވެ. މިގޮތުން މި ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް އެގައުމުގައި 2،593 މީހުންނަށް ވަނީ މިބަލި ޖެހިފައެވެ.
އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި، އެއްޖިންސުން ގުޅުންހިންގާ މީހުންގެ މެދުގައި މިބަލި ފެތުރެމުން ދިޔަނަމަވެސް، މިއީ ޖިންސީ ގުޅުމުން ފެތުރެމުންދާ ބައްޔެއްކަން އަދި ޔަގީން ކުރެވިފައެއް ނުވެއެވެ. އަދި ބަލި ފެތުރެމުންދާކަމަށް ބެލެވެނީ އެކަކުގެ ހަން އަނެކަކުގެ ގައިގައި ޖެހުމުންކަމަށް ވަނީ ބެލެވިފައެވެ.
އެހެންނަަމަވެސް ޑޮކްޓަރުން ވިދާޅުވެފައިވާ ގޮތުގައި މަކުނު ވިދުރި ޖެހިފައިވާ ގިނަ މީހުންނަކީ ކޮންމެވެސް މިންވަރަކަށް އެއްޖިންސުން ގުޅުން ހިންގާފައިވާ ފިރިހެނުންކަން ފާހަގަ ވެފައި ވާކަމަށެވެ. ބަލި ފެތުރޭ ވަސީލަތެއްކަމުގައި ބެލެވެނީ ޖިންސީ ގުޅުމުން ކަމަށް ބެލެވޭއިރު ބަލި އެންމެ ފުރަތަމަވެސް ފެތުރެން ފަށާކަމަށް ބެލެވެނީ ޖިންސީ ގުނަވަނާއި ފުރަގަސް ފަރާތުންނެވެ.
އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި މަކުު ވިދުރި ފެތުރެމުންދާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިއަދުވަނީ މަކުނު ވިދުރިއަކީ ބައިނަލް އަގުވާމީ ހެލްތު އިމަރޖެންސީއެއްކަމުގައި އިއުލާން ކޮށްފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިއަދު މިކަން އިއުލާން ކޮށްފައިވަނީ، ފާއިތުވެދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު، މި ބައްޔާއި ގުޅެގޮތުން އެޖަމްއިއްޔާގެ އިމަޖެންސީ ކޮމިޓީން ބޭއްވި ދެވަނަ ބައްދަލުވުމަށްފަހުއެވެ.
"ދުނިޔޭގައި ފެތުރެމުންދާ މަކުނު ވިދުރި ބައްޔަކީ ބައިނަލްއަގުވާމީ ހެލްތު އިމަރޖެންސީއެއްކަމުގައި ކަނޑައެޅުމަށް އަހަރެން ނިންމައިފިން،" ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވެފައި ވެއެވެ.
ޓެޑްރޮސް ވިދާޅުވެފައިވާ ގޮތުގައި، މަކުނު ވިދުރިއަކީ ހެލްތު އިމަރޖެންސީއެއްކަމަށް މުޅި ކޮމިޓީ އިއްތިފާގު ވެފައި ވާއިރު، މިއީ ހެލްތު އިމަރޖެންސީއެއްކަމަށް އިއުލާން ކުރުމަށް އޭނާ ނިންމާފައިވަނީ، ދުނިޔޭގައި ފެތުރެމުންދާ ބައްޔަކީ ބައިނަލްއަގުވާމީ ހެލްތު އިމަރޖެންސީއެއްކަމަށް ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ 5 ޝަރުތުވެސް ފުރިހަމަ ވުމާއި ގުޅިގެން ކަމުގައެވެ.
ދުނިޔޭގައި ފެތުރެމުންދާ މަކުނު ވިދުރިއާއި ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިމަރޖެންސީ ކޮމިޓީން އެންމެ ފުރަތަމަ، ފާއިތުވެދިޔަ ޖޫން މަހުގެ 23ވަނަ ދުވަހު ބައްދަލު ކުރިއިރު، މިބައްޔަކީ ބައިނަލްއަގުވާމީ ހެލްތު އިމަރޖެންސީއެއްކަމަށް އެ ޖަމިއްޔާއިން ނިންމާފައެއް ނުވެއެވެ.
އޭރު ޓޭޑްރޮސް ވިދާޅުވެފައިވަނީ، ބަލީގެ ހާލަތު، "ބައިނަލްއަގުވާމީ ހެލްތު އިމަރޖެންސީއެއްގެ ހާލަތަށް" ނުފެތޭ ކަމަށާއި އެހެންނަމަވެސް ބަލީގެ ނުރައްކާ ބޮޑުވަމުން ދާކަމަށާއި، ޑަބްލިއުއެޗްއޯއިން ހާލަތު ވަރަށް ގާތުން ބަލަމުން ދާކަމުގައެވެ.
ބައިނަލްއަގުވާމީ ހެލްތު އިމަރޖެންސީ ޑަބްލިއުއެޗްއޯއިން ތަރުޖަމާ ކޮށްފައިވަނީ، "އެއީ އާދަޔާއި ޚިލާފް ހާލަތަކަށް ވެފައި، އެއީ ދުނިޔޭގައި ބަލި ފެތުރެމުން ދިއުމުގެ ސަބަބުން ގައުމުތަކުގެ އާންމު ސިއްޙަތައް އޮތް ނުރައްކަލަކަށް ވެފައިވާ ހާލަތެއްގެ" ގޮތުގައެވެ.
ދުނިޔޭގައި މިހާރުވެސް، ޑަބްލިއުއެޗްއޯއިން ބައިނަލްއަގުވާމީ ހެލްތު އިމަރޖެންސީގެ ގޮތުގައި އިތުރު ދެ ބައްޔެއްވަނީ ވަނީ އިއުލާން ކޮށްފައެވެ. އެއީ 2014 އިން ފެށިގެން އިއުލާން ކޮށްފައިވާ ޕޯލިއޯއާއި 2020ގައި އިއުލާން ކޮށްފައިވާ ކޯވިޑް19 އެވެ.
2 Responses
ވީމާ އިންސާނުންގެ %97މީހުންނަށް ތިބަލި ޖެހިދާނެ ކަމަށް ބެލެވޭ
އަނދުނާއި ފަންކާއަށް ތިކަން ޖެހުނުތޯ ބަލަން އެބަޖެޖޭމއެމީހުން އުޅެނީ ވީޑީއޯ ނައްތާލުމަށް އަވަދިނެތި