އިޓަލީގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވައިފި

އިޓަލީގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވައިފި

Author
ހުސެއިން
21 ޖުލައި 2022 06:54
0

އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑްރަގި އެގައުމުގެ ރައީސް ސާގިއޯ މައްޓަރެއްލާގެ އަރިހަށް އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފިއެވެ.

ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ތިންވަނައަށް އެންމެ ބޮޑު ގައުމުކަމުގައިވާ އިޓަލީގެ ބޮޑުވަޒީރު އިސްތިއުފާގެ ސިޓީ މިއަދު ހުށަހަޅުއްވާފައިވަނީ ކޯލިޝަން ސަރުކާރުގައި ހިމެނޭ އެންމެ ބޮޑު ޕާޓީކަމުގައިވާ 5 ސްޓާރ މޫވްމަންޓުގެ އިތުރުން ސެންޓަރ ރައިޓް ފޯޒާ އިޓާލިއާއާއި ކަނާތުފިޔައިގެ ލީގުން ބުދަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އިތުބާރު ނެތްކަމުގެ ވޯޓު ބޮއިކޮޓް ކުރުމާއި ގުޅިގެންނެވެ.

އިޓަލީގެ ރައީސް މައްޓަރެއްލާ މިހާރު ބޮޑުވަޒީރުގެ އިސްތިއުފާ ގަބޫލު ކުރައްވާފައިވާއިރު، އަންނަ ބުރާފަތި ދުވަހު ރިޔާސީ ގަނޑުވަރުގައި، ގާނޫނުހަދާ މަޖިލިހުގެ ރައީސްއާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަށްފަހު ރައީސް މައްޓަރެއްލާ އަވަސް އިންތިޚާބަކަށް ގޮވާލައްވާނެކަމަށް ބެލެވެއެވެ.

ފާއިތުވެދިޔަ ހަފްތާގައި ޑްރަގި އެންމެ ފުރަތަމަ އިސްތިއުފާ ހުށަހަޅުއްވާފައިވަނީ، އިޓަލީގައި ތަކެތީގެ އަގު އުފުލެމުންދާ މައްސަލަ ހައްލުކުރުމަށް ގާނޫނުހަދާ މަޖިލީހުގައި ނެގުމަށް ހަމަޖެހިފައިވާ ނޯކޮންފިޑެންސް ވޯޓަށް ތާއީދު ނުކުރުމަށް 5 ސްޓާރ މޫވްމަންޓުން ނިންމުމާއި ގުޅިގެންނެވެ.

ޑްރަގި ވިދާޅުވެފައިވަނީ، 5 ސްޓާރ މޫވްމަންޓް ނުހިމެނޭ ސަރުކާރެއްގެ އިސް ވެރިއެއްގެ ގޮތުގައި ހުންނަވަން އޭނާ ބޭނުންފުޅު ނުވާކަމުގައެވެ. ޑްރަގިގެ އިސްތިއުފާ އެންމެ ފުރަތަމަ ގަބޫލު ނުކުރައްވާ، ރައީސް މައްޓަރެއްލާ އެންމެ ފުރަތަމަ އެދިފައިވަނީ މައްސަލައަށް ހައްލެއް ހޯއްދެވުމަށެވެ.

އިޓަލީގެ ސަރުކާރު ވެއްޓިދާނެކަމަށް ބެލެވެން ފެށުމާއެކު އެގައުމުގެ ސްޓޮކް މާރކެޓް ވަނީ %2.5 އިން ދަށަށް ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.