މަސް ދުވަހު ޖަލުގައި ބެހެއްޓުމަށްފަހު ޝަރުތުތަކާއެކު ޝައިޚް ފަޟްލޫން ދޫކޮށްލައިފި

މަސް ދުވަހު ޖަލުގައި ބެހެއްޓުމަށްފަހު ޝަރުތުތަކާއެކު ޝައިޚް ފަޟްލޫން ދޫކޮށްލައިފި

Author
މުޙައްމަދު ޖިމީ
21 ޖުލައި 2022 01:23
0

ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އައްޝައިހް ފަޒްލޫން މުހައްމަދު ފުލުހުންގެ ބަންދުން ދޫކުރަން ކޯޓުން އަމުރުކޮށްފިއެވެ.

ޝައިޚް ފަޟްލޫން ދޫކޮށްލާފައިމިވަނީ ޖަލުގައި މަހެއްހާ ދުވަސް ބަންދުކޮށްފައ ބެހެއްޓުމަށްފަހުއެވެ. ޝައިޚް ފަޟްލޫން ދޫކޮށްލުމަށް ކޯޓުން ކުރި ޢަމުރުގައި ވަނީ މާލެއިން ބޭރަށް ދާނަމަ، އަދި ރާއްޖެއިން ބޭރަށް ދާނަމަ ކޯޓަށް އެކަން އެނގުމަށެވެ. އަދި އުޅޭ އެޑްރެސް އެންގުމަށާއި އެޑްރެސް ބަދަލުވެއްޖެ ނަމަ އެކަންވެސް އެންގުމަށެވެ. މީގެ އިތުރުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށްވެސް ކޯޓުން ޝަރުތުކޮށްފައިވެއެވެ.

ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. މި ހަމަނުޖެހުން ހިނގިވަގުތު އެތަނުގައި އިންޑިއާ ސަފީރާއި، ޔޫތު މިނިސްޓަރ މަޚްލޫފާއި، އެނޫންވެސް ބޭރުގެ ޑިޕްލޮމޭޓުން ތިއްބެވެ. މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ބަލަމުންނެވެ.

އަދި މި މައްސަލަ ބެލުމަށް ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީއެއް ރައީސް އުފައްދަވާފައިވެއެވެ. އަދި ރައީސްވެސް ވަނީ އެ ހަމަނުޖެހުން ކުށްވެރިކުރައްވާފައެވެ.

ދީނީ ޢިލްމުވެރިން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވާއިރު، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވޭ މީހުން ބަންދު ނުކޮށް ދޫކޮށްލާފައިވާ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރާ ހޯމް މިނިސްޓަރަށް ވަނީ އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަބުދުﷲމާހިރު
މުންކަރާތް އަދި ފާހިޝް ކަންތައްތައް ހުއްޓުވުމަށް މާތްﷲ، ކޮންމެ މުސްކިމަކަށް އަމުރު ކުރައްވާ ކަމަށް ޤުރުއާނުގ އޮތުމުން ޢިލްމުވެރިން އެކަން ބަޔާން ކުރުމަކީ ކުށެއް ނަމަ، ޖެހެނީ ޖުޑިޝަރީ އިސްލާޙު ކުރުމަށް މި ސަރުކާރު ބަދަލް ކޮށްލަން. ވެއިޓިންގ ފޯރ 2023. ޢިންޝާﷲ.