ގުރުއާން ކްލާސްތަކާއި ޕްރީ ސްކޫލްތަކަށް ޒަކާތުފަންޑުން 1.5 މިލިއަން ރުފިޔާގެ އެހީދީފި

ގުރުއާން ކްލާސްތަކާއި ޕްރީ ސްކޫލްތަކަށް ޒަކާތުފަންޑުން 1.5 މިލިއަން ރުފިޔާގެ އެހީދީފި

Author
މުޙައްމަދު ޖިމީ
16 ނޮވެމްބަރ 2020 06:07
0

ގުުރުއާން ކުލާސް ތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ޒަކާތު ފަންޑުން 5.1 މިލިޔަން ރުފިޔާގެ ފައިސާ އެހީ އިސްލާމިކް މިނިސްޓްރީން ދީފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ކޯވިޑް-19 އާއި ގުޅިގެން ޤުރުއާން ކުލާސް ތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމުގެގޮތުން، ޒަކާތު ފަންޑުން ޖުމްލަ 5.1 މިލިއަން ރުފިޔާ ދީފައިވަނީ އެހީދޭނެ ކްލާސްތައް ކަނޑައެޅުމަށްފަހުކަމަށެވެ. މީގެ ތެރެއިން 1 މިލިއަން ރުފިޔާ ދީފައިވަނީ ޕްރީސްކޫލްތަކަށެވެ. އަދި ޤުރުއާން ކްލާސްތަކަށް ފަސްލައްކަ ރުފިޔާ ވަނީ ދީފައެވެ. ޕްރީސްކޫލްތަކަށް ހަމަޖެހިފައިވާ އެހީގެ ފައިސާ، މިކަމަށްއެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން ޖުމްލަ 25 ފަރާތަކަށް ދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ޤުރުއާން ކުލާސްތަކަށް ދިނުމަށް ހަމަޖެހިފައިވާ އެހީގެ ފައިސާއަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން 23 ފަރާތަކަށް ވަނީ ފައިސާ ދީފައެވެ. އެހީދޭނޭ ފަރާތްތައް ކަނޑައަޅާފައިވަނީ އެކަމަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން، ފައިސާގެ އެހީ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ޢުޞޫލުގައިވާ ގޮތުގެ މަތީން އެންމެ ގިނަ މާރކްސް ލިބުނު ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީް ބުނެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ގުރުއާޏް ކްލާސްތަކާއި، ޕްރީ ސްކޫލްތައް އަދި ކޮމިއުނިޓީ ޕްރީސްކޫލްތަކަށް ވަނީ މާލީ ގޮތުން ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.