ފާޚިޝް ޢަމަލުކުރި މީހުން މުޖުތަމައުއަށް ދޫވެފައި ތިބުމަކީ ނުކައްލެއް: ޒައިދު

ފާޚިޝް ޢަމަލުކުރި މީހުން މުޖުތަމައުއަށް ދޫވެފައި ތިބުމަކީ ނުކައްލެއް: ޒައިދު

ފާޚިޝް ޢަމަލުކުރި މީހުން މުޖުތަމައުއަށް ދޫވެފައި ތިބުމަކީ ނުކައްލެއް ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވީ ބަންގްލަދޭޝްގެ ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް، އާންމުވި ވީޑިއޯތަކުގެ މައްސަލަ ދޫކޮށް ނުލައްވާނެ ކަމަށާއި އެ މައްސަލައާ ގުޅިގެން ގާނޫނުގެ ތެރެެއިން އެޅެން އޮތް ފިޔަވަޅެއް އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެ ކުރެއްވި ޓުވީޓަށް ތާއީދު ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

ޝައިޚު ޒައިދު ވިދާޅުވީ އެއްޖިއްސުން ގުޅުން ހިންގި މީހުން ހިފައި ހައްޔަރުކޮށް ހައްގު އަދަބު ދޭންޖެހޭކަމަށެވެ. އެމީހުން މުޖުތަމަށް ދޫވެފައި ތިބުމަކީ ވަރަށް ބޮޑު ނުރައްކަލެއްކަމަށް ޝައިޚު ވިދާޅުވިއެވެ. އަދި މިދަނޑިވަޅުގައި ހޯމް މިނިސްޓަރ އިމްރާން މިފަދަ އުފާވެރި ޚަބަރެއް ދެއްވުމަކީ ލިބޭ އުފަލެއްކަމަށް ޒައިދު ވިދާޅުވިއެވެ.

ވަރަށް އުފާވެރި ޚަބަރެއް! އެފާޚިޝް ވިޔާނުދާ މީހުންނަށް ފިޔަވަޅު އެޅުން އަވަސް ކޮށްދެއްވާ. އެމީހުން މުޖުތަމައުއަށް ދޫވެފައި ތިބުމަކީ ނުކައްލެއް.

– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.

މީގެ ގާތްގަނޑަކަށް މަސް ދުވަސް ކުރިން އާންމުވި، އެއްޖިންސުން ގުުޅުން ހިންގާ ވީޑިއޯތަކުގައި ތުހުމަތުވާ މީހުންނާ މެދު މާބޮޑު ފިޔަވަޅެއް ނާޅައި ދޫކޮށްލާފައި ތިބި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އިމްރާނަށް ވަނީ އަމާޒުވެފައެވެ.

ބައެއް ސިޔާސީ މީހުންނާއި މުޖުތަމައުގައި ނަން ހިނގާ ގިންތީގައި ތިބި ބައެއް މީހުންނާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ވީޑިއޯތަކުން ފެންނަ ބަންގްލަދޭޝްގެ އަލަމްގީރު ހައްޔަރުކޮށް، ފުލުހުން ތަހުގީގު ކުރިޔަސް އެ ވީޑިއޯތަކުން ފެންނަ ދިވެހިން މިހާތަނަށް ހައްޔެއް ނުކުރެ އެވެ. އެހެންވެ، އަދުލު އިންސާފު ހިންގަނީ ވަކި ބައެއްގެ މައްޗަށްތޯ ބުނެ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރާ މައްސަލަ އާއި މި އަހަރުގެ ޔޯގާ ހަރަކާތަށް ހުރަސްއެޅި ދީނީ އިލްމުވެރިންތަކެއް ހައްޔަރުކޮށް، އެ މީހުންގެ ބަންދުގެ އިތުރުކުރުމާ ގުޅިގެން ވެސް އިމްރާން ހަނު ހުންނެވުމުން ގިނަ ބަޔަކު އަންނަނީ އިމްރާނަށް ފާޑު ކިޔަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *