އާރް.ޓީ.އެލް ބަހުގެ ޚިދުމަތް މާލެ އާއި އަތޮޅުތަކުގެ ރައްޔިތުންނަށް ދިނުމަށް ތައްޔާރުވެއްޖެ

އާރް.ޓީ.އެލް ބަހުގެ ޚިދުމަތް މާލެ އާއި އަތޮޅުތަކުގެ ރައްޔިތުންނަށް ދިނުމަށް ތައްޔާރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
20 ޖުލައި 2022 10:53
0

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރ.ޓީ.އެލް) ބަހުގެ ޙިދުމަތް މާލެ އާއި އަތޮޅުތަކުގެ ރައްޔިތުންނަށް ދިނުމަށް އެމްޓީސީސީން ތައްޔާރު ވެއްޖެއެވެ.

މިގޮތުން 16 ޖުލައި 2022 ވަނަ ދުވަހު ފުރަތަމަ ޝިޕްމަންޓްގައި 36 ބަސް ވަނީ ރާއްޖެ ގެނެވިފައެވެ. އަދި އިތުރު 5 ބަސް މި މަހު ފަހުކޮޅު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ބަހުގެ ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލަށް، ލ. ގަން ،ފޮނަދޫ އަދި ލ. އިސްދޫ ކަލައިދޫގައެވެ.

ބަހުގެ ޙިދުމަތަކީ ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަޝްރޫޢު "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ޙިދުމަތްތަކުގެ ތެރޭގައި ހިމެނޭ ޙިދުމަތެކެވެ. "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ޙިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އާރޓީއެލް ފެރީގެ ޙިދުމަތް ދިނުމާއި އާރޓީއެލް ބަހުގެ ޙިދުމަތް ދިނުމެވެ. މިގޮތުން، ހދ. އަދި ހއ. އަތޮޅަށް އާރޓީއެލް ފެރީގެ ޙިދުމަތް ދޭން ވަނީ ފެށިފައެވެ. އަދި ށ. އަތޮޅަށް ފެރީ ޙިދުމަތް ދިނުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.

އަލަށް ގެނެވުނު ބަސްތަކުގައި 18 ނުވަތަ 20 މީހުންގެ ޖާގަ ހުންނާނެއެވެ. ބަހުގެ ޙިދުމަތް ދޭން ފެށުމާއެކު 1 ޖުލައި 2021 ވަނަ ދުވަހު އެމްޓީސީސީން ހަވާލުވެފައޮތް އަތޮޅު ތެރޭގެ ބަހުގެ ޙިދުމަތް ފެށިގެންދާނެއެވެ. އަދި މާލެ ސިޓީ ތެރޭގައި ދުއްވާ ބަހުގެ ޙިދުމަތް ފެށިގެންދާނެއެވެ. އެމްޓީސީސީގެ މަޤްސަދަކީ ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ބަހުގެ ޙިދުމަތް ރައްޔިތުންނަށް ދޭން ފެށުމެވެ.

ބަހުގެ ޙިދުމަތުގެ ރޫޓުތަކާއި އޮޕަރޭޓް ކުރެވޭނެ ގޮތުގެ ތަފްސީލް:

އާރް.ޓީ.އެލް ބަހުގެ ޚިދުމަތާއި ގުޅޭ ޝެޑިއުލް އެމްޓީސީސީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. އަދި އިތުރު މަޢުލޫމާތު
ހޯއްދަވަން ބޭނުންފުޅުނަމަ އެމްޓީސީސީގެ ހޮޓްލައިން 1650 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.