އަދާލަތަކީ ސިޔާސީ ބާރެއްނެތް، އަވާމެންދުރެއް: އިބުރާ

އަދާލަތަކީ ސިޔާސީ ބާރެއްނެތް، އަވާމެންދުރެއް: އިބުރާ

Author
މުޙައްމަދު ޝަޒައިމް
16 ޖުލައި 2022 01:40
0

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަކީ ސިޔާސީ ބާރެއްނެތް، އަވާމެންދުރެއް ކަމުގައި އެމްއެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީއާއި ގުޅޭގޮތުން ގިނަ ބަޔަކު ފާޅު ކުރަމުންދާ ޝުއޫރުތަކާއި، އަދި އެޕާޓީގެ ރައީސް އިމްރާން ދައްކަވަމުންދާ ވާހަތަކަށް އިޝާރާތް ކުރައްވައި އިބްރާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އަދަލާތު ޕާޓީއަކީ ސިޔާސީ ގޮތުން އެއްވެސް ބާރެއް އޮތް ބައެއް ނޫންކަމަށެވެ.

އިބްރާވަނީ، ސިޔާސީ ގޮތުން މިވީ 17 އަހަރެއްހާ ދުވަހު އަދާލަތު ޕާޓީން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކޮށްފައިވާ ސިޔާސީ މަސައްކަތްތަކަށް ކުރުކޮށް ބަލާލާފައެވެ. އެގޮތުން 17 އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އަދާލަތަށް ކާމިޔާބު ކުރެވުނީ އެންމެ ގޮޑިއެއް ކަމަށާއި، މިހާތަނަށް ބޭއްވި އެއްވެސް ރިޔާސީ އިންތިޚާބެއްގައި އަދާލަތުން ވާދަކޮށްފައި ނުވާކަމަށް އިބްރާ ވިދާޅުވިއެވެ. އަދާލަތަކީ މުޅި ރާއްޖެއިންވެސް 15،000 ވޯޓުވެސް ލިބޭނެ ވަރުގެ ޕާޓީއެއް ނޫންކަމަށްވެސް އިބްރާ ވިދާޅުވިއެވެ.

އަދާލަތު ޕާޓީއަކީ އަވާމެންދުރެއް. ސިޔާސީ ބާރެއް އޮތް ބައެއް ނޫން. އެހެނަސް އެމަންޒަރު ދައްކައިގެން އުޅެނީ. މިދިޔަ 17 އަހަރު މަޖިލީހުން ހޯދުނީ އެންމެ ގޮޑިއެއް. ރިޔާސީ ކެނޑިޑޭޓެއް ނުނެރޭ. މުޅި ރާއްޖެއިން 15،000 ވޯޓެއް ނުނެގޭނެ.

– އިބްރާ ވިދާޅުވިއެވެ.

އަދާލަތަށް އަމާޒުވަމުންދާ ފާޑުކިޔުން ތަކާއި ގުޅިގެން އެޕާޓީގެ ރައީސް އިމްރާން ވިދާޅުވީ ބަޔަކު މީހުން ކިތަންމެ ހިތްހަމަ ނުޖެހުން ކަމުގައިވީނަމަވެސް އަދާލަތު ޕާޓީގެ މަސައްކަތް އޮތީ ކުޑަކޮށްވެސް ފަހަތަށް ޖެހޭ ގޮތަކަށް ނޫންކަމަށެވެ. އިސްލާމް ދީނުގެ ފުރިހަމަ މަފްހޫމުގައި ސިޔާސީ މަސައްކަތުގައި އަދާލަތު ޕާޓީ ދާނީ ބާރަށް ކުރިއަށް ކަމުގައި އިމްރާން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

K Kamana
Islam dheenu ge mafhoom eh ga noon Faahish kantha thakaa Dheenaa Khilaaf ah kuraa kanthaka eh baaru lun dhinumu ga dhemi thiya thi bee mi varuge hayaaiy madhu mee haku madhu vaane