ޔޯގާ ހަމަނުޖެހުންގައި ހައްޔަރު ކުރި މީހުންގެ ދިފާޢުގައި މިރޭ ނިކުންނަނީ

ޔޯގާ ހަމަނުޖެހުންގައި ހައްޔަރު ކުރި މީހުންގެ ދިފާޢުގައި މިރޭ ނިކުންނަނީ

ބައިނަލް އަގުވާމީ ޔޯގާ ދުވަހާއި ގުޅިގެން ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތުހުމަތުގައި ހައްޔަރުކޮށް، ވާނުވާގައި ބާތިއްބާފައިވާ މިހުންގެ ދިފާއުގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީން އެއްވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

މިރޭ 20:30ގައި ޕީޕީއެމް އޮފީސް ދޮރުމަތިން ފެށުމަށް ހަމަޖެހިފައިވާ މިހަރަކާތަކީ އެ ކޯލިޝަންގެ ހަރަކާތު ކޮމެޓީން އިސްނަގައިގެން ބާއްވާ ހަރަކާތެކެވެ. އިދިކޮޅު ފަރާތްތަކުން ބުނި ގޮތުގައި މި އެއްވުމަކީ އަދުލު އިންސާފުގެ ދާއިރާ ބަޔަކު ހިސާރުކޮށްފައިވާތީ އިންސާފު ނުލިބޭނެ ހާލަތެއް އޮތުމުން ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ.

ޔޯގާ ދުވަހާ ދިމާކޮށް ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެގަނެ ހަމަނުޖެހުން ހިންގައި މީހުންނަށް ހަމަލާދީ މުދަލަށް ގެއްލުން ދިން މައްސަލައިގައި މިހާތަނަށް 21 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިހާދިސާގައި ކަން ހިނގައިދިޔަ ގޮތް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިއްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މިކަން ހިނގައިދިޔައީ ފުލުހުންގެ ސެކިއުރިޓީ ފެއިލިއާއަކުންކަމަށް ގަބޫލު ކުރާކަމަށެވެ. ފުލުހުންނަކީ މާލޭގައި ހިންގި މިއަށްވުރެ މާބޮޑު ހަމަނުޖެހުންތަކާއި، މުޒާހަރާތައް ހުއްޓުވުމުގައި ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތް ކޮށްފައިވާ ބައެއްކަމަށާ، ނަމަވެސް މިހާދިސާއަށް ފުލުހުންނަށް އެވަރަށް ތައްޔާރު ނުވެވި ހަމަނުޖެހުން ނުހުއްޓުވުމަކީ ފުލުހުންގެ ފެއިލިއާއެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޤާނޫނާއި ގަވާއިދު ތަންފީޒު ކުރުމުގައި ފުލުހުންނަށް ހެދޭ ގޯސްތައް ރަނގަޅުކޮށް، އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ރިޔާޒުވަނީ ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. އެއީ އިލްމްވެރިން ހެއްޔެވެ؟ އެއީ ފައްކާ ދެ ޚަވާރިޖުންނެވެ. ފެށުނީއްސުރެންްނެވެ. ފަތަުރަނީވެސް އެފިކުރެވެ. މި ގައުމު މިފަދަ މިހުންގެ ކިބައިން ﷲ ސަލާމަތް ކޮށްދެއްވާނދޭވެ. އާމީން

Leave a Reply

Your email address will not be published. Required fields are marked *