ޔައުޤޫބުގެ މެމްބަރުކަމުގެ ގޮޑި ނުގެއްލޭ ކަމަށް ސްޕްރީމްކޯޓުން ކަނޑައަޅައިފި

ޔައުޤޫބުގެ މެމްބަރުކަމުގެ ގޮޑި ނުގެއްލޭ ކަމަށް ސްޕްރީމްކޯޓުން ކަނޑައަޅައިފި

Author
މުޙައްމަދު ޝަޒައިމް
16 ނޮވެމްބަރ 2020 12:32
0

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް ޢަބްދުﷲގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދިގެންދިޔަ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރަކަށް ޔަޢުޤޫބު އަައްޔަންކޮށް މަޤާމުގެ ހުވާކުރެއްވުމުން އޭނާގެ ގޮނޑި ގެއްލިފައިވާކަން ކަނޑައަޅައި ދިނުމަށް ވަނީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށައަޅާފައި ވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުޙައްމަދު ހަލީލާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އަސްޢަދު ޝަރީފެވެ. މިދެ ބޭފުޅުންވެސް މައްސަލަ ހުށައަޅަފައިވަނީ ދެ މައްސަލައެއްގެ ގޮތުގައެވެ.

މިއަދުގެ ހުކުމް އިއްވަމުން މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިސްފަނޑިޔާރު އަލްއުޘްތާޒު ހުސްނުއްސުއޫދު ވިދާޅުވީ ޤާނޫނު އަސާސީގެ 73 ވަނަ މާއްދާގެ މާނަ ކުރުމުގައި އެކި ގޮތަށް މާނަ ނެގިދާނެކަމަށެވެ. އަދި ޤާނޫނު އަސާސީ އެކުލަވާލިއިރު މިމާއްދާ މާނަކުރުމުގައި ވަރަށް ފުޅާކޮށް ބަހުސް ކުރެވިފައިވާކަމަށް ވިދާޅުވެ ބަހުސްގެ މަރުހަލާގައި ދެއްކެވި ވާހަތައްވެސް ސުއޫދުވަނީ ވިދާޅުވެފައެވެ.

މިމައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅެންދެން މެންބަރު މަޖިލީހަށް ޙާޒިރުވެ ޒިންމާ އަދާކުރެއްވުން މަޑުޖައްސާލުމުގެ ވަގުތީ ޢަމުރެއް ނެރެދެވެން އުދުމުން އެކަން ކުރެވެން ނެތްކަމަށް ސުޕްރީމް ކޯޓުން ވަނީ މީގެކުރިންވެސް ނިންމާފައެވެ. ޔައުގޫބް މައްސަލައިގެ އަޑު އެހެންތައް ނިންމައި ހުކުމް އަންނަ ހޯމަ ދުވަހު ކުރުމަށް ހަމަޖެހިފައިވާކަން ޔައުގޫބުގެ ލޯޔަރުން ވަނީ ބައެއް މީޑިޔާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

މެންބަރު ޔައުގޫބާއި ދެކޮޅަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އޭނާ ޤާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ)އާއި ޚިލާފުވެފައިވާކަމަށެވެ. ޤާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މަޤާމުގައި ހުރެ މެންބަރުކަން ފިޔަވާ ދައުލަތުގެ އެހެން އެއްވެސް ވަޒީފާއެއް އަދާކޮށްގެން ނުވާނެކަމަށެވެ.

ނަމަވެސް ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދިގެންދިޔަ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރަކަށް ޔަޢުޤޫބު އަައްޔަންކޮށް މަޤާމުގެ ހުވާކުރެއްވުމުން އޭނާގެ މެންބަރުކަން ގެއްލިފައިވާކަމަށް ބައެއް ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ. ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ މިނިވަން މުސްތަގިއްލު ޝަހުޝެއް ކަމަށް އެޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.