ދުނިޔޭގައި ދެވަނައަށް އެންމެ މަޤްބޫލު ސަރޗް އިންޖީން އަދި އެންމެ ބޮޑު އިންޓަރ ނެޓް ވީޑިއޯ އާކައިވް އަކީ ޔޫޓިއުބެވެ. ރާއްޖޭގައި ވެސް ޔޫޓިއުބް ކޮންމެވެސް ގޮތަކަށް ބޭނުން ނުކުރާ މީހެއް މަދުވާނެ އެވެ. ކިޔަވާ ކުދިންނަށް މަޢުލޫމަތު މުއްސަނދި ކޮށްދޭ އެއްޗެކެވެ. މުނިފޫހި ފިލުވާދޭއެއްޗެކެވެ. ނޭނގޭ ކިތަންމެ އެއްޗެއް އަނގާދޭ އެއްޗެކެވެ. ނުވިތާކަށް އުނދަގޫ ބަހެއް ނޫނީ ނަމެއްގެ ރަނގަޅު ގޮތް ހޯދާލަންވެސް ހަމަ ޖަހާލެވެނީ ޔޫޓިއުބްގައެވެ.
ދުނިޔޭގެ އެއްވަނަ ސަރޗް އިންޖީން، މަޝްހޫރު ގޫގުލް އިން 2006 ވަނަ އަހަރު ޔޫޓިއުބް ގަތުމަށްފަހު ގޫގްލްގެ ސަބްސިޑަރީ ކުންފުންނެއްގެ ގޮތުގައި ޔޫޓިއުބުން އަންނަނީ އެތައް ބިލިއަން ޑޮލަރެއްގެ ފައިދާ ހޯދަމުންނެވެ. އެގޮތުން 2019 ވަނަ އަހަރު ޔޫޓިއުބުން ވަނީ 15 ބިލިއަން ޑޮލަރުގެ ފައިދާއެއް ހޯދާފައެވެ.
މިފަހަރު އެހެން ނަމަވެސް ބޮޑަށް ދައްކާލަން ބޭނުންވަނީ ޔޫޓިއުބުގެ ތާރީހައި އޭގެ ވިޔަފާރީގެ ފައިދާގެ ވާހަކައެއް ނޫނެވެ. ދުވަހެއް ދުވަހަކަށް އެ ބޭނުންކުރާމީހުން އިތުރުވެ. އެ ވީޑިއޯ އާކައިވް ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ ވާހަކައެވެ.
ޔޫޓިއުބުގައި މައިގަނޑު ގޮތެއްގައި ހުންނަނީ އާންމުން އެއަށް އަޕްލޯޑު ކުރާ ވީޑިއޯއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ މިނިޓެއްގެ ތެރޭގައި 500 ގަޑީރުގެ ވީޑިއޯ މި ސައިޓަށް އާންމުން އަޕްލޯޑް ކުރަމުން ގެންދެއެވެ. އަނގައިން ބުނެލިޔަސް މިއީކީ މަދު އަދަދެއް ނޫންތާއެވެ. މީގެ އިތުރުން ދުވާލަކު 1 ބިލިއަން ގަޑީރަށްވުރެ ދިގު ވީޑިއޯ ޔޫޓިއުބުން މީހުން ބަލައެވެ. އެއީ ގާތް ގަނޑަކަށް މަހަކު އެ ސައިޓަށް ވަންނަ 2 ބިލިއަނަށް ވުރެ ގިނަ މީހުން ބަލާ އަދި އަޕްލޯޑު ކުރާ ވީޑިއޯއެވެ.
މޯބައިލް އެޕް ތަކުގެ ރެއިން ސްޓްރީމިންގ އެޕްތަކުގެ އެންމެ ކުރީގައި އުޅޭ ޔޫޓިއުބްގެ ވާދަވެރިން އެޕްލިކޭޝަން ތައް މިހާރު ދަނީ އިތުރުވަމުންނެވެ ނެޓް ފްލިކްސް އާއި ޑިޒްނީ ޕްލަސް ފަދަ ސްޓްރީމިންގ ހިދުމަތްތަކާއި ސޯޝަލް މީޑިއާގެ ޓިކްޓޮކް މިއީ މި ވާދަވެރިންގެ ތެރޭ ފާހަގަކޮށްލަވޭ ނަންނަމެވެ. އެހެން ނަމަވެސް ޔޫޓިއުބު އަދާކުރާ ދައުރު މިފަދަ އެޕްތަކުގެ ދައުރާ ހާސްބައި ތަފާތެވެ.
ރާއްޖޭގައި އާންމު ކަމަކަށް ނުވިޔަސް ޔޫޓިއުބަކީ ހަމައެކަނި އެއަށް އަޕްލޯޑް ކުރާ ވީޑިއޯއިން ބައެއް މީހުން މަޝްހޫރުކަން ހޯދާވެސް އެއްޗެކެވެ. އެގޮތުން ފިލްމް ސްޓާރުން އުޅޭފަދައިން ޔޫޓިއުބް ސްޓާރުގެ ވެސް އެމީހުން ފޮލޯކުރާ ބޮޑެތި ފޭން ބޭސް އޮންނަ ތަރިން ދުނިޔޭގައި އުޅެއެވެ.
މީގެއިތުރުން ޓީވީ ޗެނަލް ތަކަށްވުރެ ފަސޭހައިން އާންމުންނާއި ހަމައަށް ވާސިލް ވެވޭ އެއް ވަސީލަތަކަށް ވެސް ޔޫޓިއުބް މިހާރު ވަނީ ވެފައެވެ. ޗެނަލަކުން އޮންއެއަރ ކުރާ އެއްޗެސް ފެންނަ ވަރަށްވުރެ ގިނަމީހުނަށް ޔޫޓިއުބައް އަޕްލޯޑް ކުރާ އެއްޗެހި ފެނެއެވެ. ގިނަ ޓީވީ ޗެނަލް ތަކުގެ ޔޫޓިއުބް ޗެނަލް ހަދައި ޓީވީ ޗެނަލުން ދައްކާތަކެތި ޔޫޓިއުބް ޗެނަލަށް އަޕްލޯޑް ކުރަން މިހާރު މަޖުބޫރުވާ އެއް ސަބަބަކީ ވެސް އެއީއެވެ.