ގޮޓާބަޔަ އަށް ހިމާޔަތްދިނުގައި ސަރުކާރުން ޢަމަލުކުރިގޮތް ބެލުމަށް އެމްއެންޕީން މަޖިލީހަށް

ގޮޓާބަޔަ އަށް ހިމާޔަތްދިނުގައި ސަރުކާރުން ޢަމަލުކުރިގޮތް ބެލުމަށް އެމްއެންޕީން މަޖިލީހަށް

Author
މުޙައްމަދު ޝަޒައިމް
13 ޖުލައި 2022 11:45
0

ސްރީ ލަންކާގެ ރައީސް ގޮޓާބަޔަ އަށް ހިމާޔަތްދިނުގައި ދިވެހި ސަރުކާރުން ޢަމަލުކުރިގޮތް ބެލުމަށް އެމްއެންޕީން މަޖިލީހަށް ހުށަހެޅުމަށް ނިންމައިފިއެވެ.

ގޮޓާބަޔަ ދަތުރުކުރެއްވި އަސްކަރީ މަތިންދާބޯޓް ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ މެންދަމުން އަލިވެ 3:05 ގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ރާއްޖޭގެ ރަސްމީ އެއްވެސް އިދާރާއަކުން އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ.

ނަމަވެސް ލަންކާގެ ރައީސަށް އެއާޕޯޓުން މަރުހަބާ ދަންނަވައި، ގޮޓާބަޔައަށް ރާއްޖެއަށް އެތެރެވުމަށް އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ މަޖިލިސް ރައީސް މުހައްމަދު ނަޝީދުކަމަށް މިހާތަނަށް ބައިނަލް އަގުވާމީ މީޑިއާތަކުންވެސް ވަނީ ބުނެފައެވެ. މިކަމުގައި މަޖިލީހުން ބުނެފައިވަނީ ގޮޓާބަޔަގެ ދަތުރުފުޅާއި ގުޅޭ އެއްވެސް މައުލޫމާތެއް މަޖިލީހަށް އެގިފައިނުވާކަމަށެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްއެންޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ލަންކާގެ ރައީސް ގޮޓާބަޔައަށް ރާއްޖެއިން ހިމާޔަތް ދިނުމުގައި ދިވެހި ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުން ބެލުމަށް ހުށަހެޅުމަށް ނިންމާފައެވެ.

ސްރީލަންކާގެ ރައީސްއަށް ރާއްޖެއިން ހިމާޔަތް ދިން މައްސަލާގައި ސަރުކާރުން އަމަލު ކުރިގޮތް ސާފު ކުރުމަށް މަޖުލީހަށް ހުށަހަޅަން އެމްއެންޕީގެ ޕާލިމެންޓް ގުރޫޕުން ވަނީ ނިންމާފަ.

– އެމްއެންޕީން ބުނެފައިވެއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުމަށް ނިންމި ނަމަވެސް މަޖިލިސް އޮތީ ޗުއްޓީގައި ކަމަށްވުމުން، މިކަން މަޖިލިސް ޗުއްޓީގައި އޮއްވާ ކުރިއަށްދާނެކަމަށް ނުބެލެވެއެވެ. މިމައްސަލާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، ރާއްޖޭގެ ބައިނަލް އަގުވާމީ ވައިގެ ބަދަރު ވަކި މީހެއްގެ އޯޑަރަށް ހުޅުވައި ބޭނުން މީހަކު އެތެރެ ކުރުމުގެ ހުއްދަ ދިނުމަކީ ޤާނޫނީ ގޮތުން ކުރެވިގެންވާނެ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.