ގޮޓަބަޔައަކީ އިންސަނިއްތަޔާ ޚިލާފް އެތައް ޖަރީމާއެއްގެ ތުހުމަތުއޮތް ފަރާތެއް! ފިއްލަވަން ރާއްޖެއިން އެހީތެރި ވެދިނީތަ؟

ގޮޓަބަޔައަކީ އިންސަނިއްތަޔާ ޚިލާފް އެތައް ޖަރީމާއެއްގެ ތުހުމަތުއޮތް ފަރާތެއް! ފިއްލަވަން ރާއްޖެއިން އެހީތެރި ވެދިނީތަ؟

ގުޅުންހުރި

ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާގެ ހާލަތުން އެގައުމަށް އަރައި ނުގަނެވި، އެންމެ ފަހުން ގައުމުގެ ރައީސް ގޮޓަބަޔައަށް އިސްތިއުފާ ދެއްވަން މަޖުބޫރު ވެވަޑައިގަތީ، އެގައުމުގެ އެތައް ހާސް ބަޔަކު އޭނާގެ އިސްތިއުފާއަށް ގޮވަމުންދާތާ އެތައް މަހެއް ފާއިތުވެގެން ދިޔަ ފަހުންނެވެ.

އެންމެފަހުން މި ހަފްތާގެ ހޮނިހިރު ދުވަހު، މުޒާހިރާ ކުރަމުންދިޔަ އެތައް ހާސްބަޔަކު ކޮލޮމްބޯގެ މަގުތަކަށް ނިކުމެ ރައީސްއާއި ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާ، އެގައުމުގެ ރިޔާސީ ގަނޑުވަރާއި، ރައީސް އޮފީހާއި އަދި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށްވެސް ވަދެގަނެ، މިތަންތަން އެމީހުންގެ ބާރުގެ ދަށަށް ގެނައުމާއެކު، ރައީސް ގޮޓަބަޔަ ވިދާޅުވެފައިވަނީ މިހަފްތާގެ ބުރާފަތި ދުވަހު އޭނާ މަގާމުން އިސްތިއުފާ ދެއްވާނޭ ކަމުގައެވެ.

އެއަށްފަހު، ބޮޑުވަޒީރުގެ އޮފީހުންވެސް ވަނީ ރައީސް ގޮޓަބަޔަ އިސްތިއުފާ ދެއްވާނޭކަން ބޮޑުވަޒީރު ރަނިލް ވިކްރަމެސިންހެއަށް އަންގަވާފައިވާކަން ހާމަ ކުރައްވާފައެވެ.

އެހެންނަވަމެސް އެއަށްފަހު، ރައީސް ގޮޓަބަޔަ ވަޑައިގެން ހުންވި ތަނެއް އެއްވެސް ބަޔަކަށް ހޯދިފައެއް ނުވެއެވެ. ބައެއް މީޑިއާތަކުން އޭނާ ހުންނެވީ ސްރީ ލަންކާގެ އަސްކަރީ މަނަވަރެއްގައި ކަމަށް ރިޕޯޓު ކޮށްފައިވާއިރު، އޭނާ އަސްކަރީ މަނަވަރެއްގައި ގައުމުން ބޭރަށް ފުރާވަޑައިގެންފައި ވާކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

ޜޭގެ ވަގުތެއްގައި ބޮޓަބަޔަ ވަނީ ގައުމު ދޫކޮށް ފިއްލަވައިގެން ރާއްޖެ ވަޑައިގެންފަ

މަގާމުން އިސްތިއުފާ ދެއްވާނޭކަން ގޮޓަބަޔަ އިއުލާން ކުރެއްވުމަށްފަހު އޭނާ ސްރީ ލަންކާގައި ހުންނެވިކަން އެންމެ ފުރަތަމަ ޔަގީންވެގެން ދިޔައީ، އިއްޔެގެ ވަގުތެއްގައި، ގައުމު ދޫކޮށް ފިއްލަވާ، ދުބާއީއަށް ވަޑައިގަތުމަށް އެއަރޕޯޓަށް ވަޑައިގެންނެވި ހިސާބުންނެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސްރީ ލަންކާއިން ފުރައިގެން، ވަޑައިގަތުމަށް ގޮޓަބަޔަ އިއްޔެ މަސައްކަތް ކޮށްފައިވަނީ ދުބާއީއަށެވެ. ސްރީ ލަންކާގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެންއިން އިއްޔެ ރިޕޯޓު ކޮށްފައިވާ ގޮތުގައި ފުރާވަޑައިގަތުމަށް ގޮޓަބަޔަ ހޯމަދުވަހު އެއަރޕޯޓަށް ވަޑައިގެންފައިވަނީ އާއިލާގެ 15 މީހެއްގެ ޕާސްޕޯޓާއެކީއެވެ. އެމީހުންގެ ފްލައިޓް ބުކިން ހަދާފަ އޮތީ ހަވީރު 6:25ގައި ދުބާއީއަށް ފުރަން ހަމަޖެހިފައި އޮތް ފްލައިޓުންނެވެ.

އެހެންނަމަވެސް، އިމިގްރޭޝަންގެ އޮފިޝަލުން ގޮޓަބަޔަ ވީއައިޕީއޭރިއާއަށް ވަނުމުގެ ފުރުސަތު ނުދިނުމުގެ ސަބަބުން ޔުނައިޓޭޑް އަރަބް އެމިރޭޓްސްއަށް ފުރައިގެން ދިޔަ 4 ފްލައިޓަކުން ގޮޓަބަޔައަށް ވަނީ ޖާގަ ލިބޭ ގޮތް ނުވެފައެވެ. އަދި ދުބާއީއަށް ފުރާވަޑައިގެންނެވޭ ގޮތް ނުވުމުގެ ސަބަބުން އަނބިކަބަލުންނާއެކީ އެބުރި ވަޑައިގެންނެވީ އެއަރޕޯޓުގެ ކައިރީގައި ހުރި މިލިޓަރީ ބޭސްއަކަށެވެ.

އެއަށްފަހު، ފިއްލަވައިގެން އެންމެފަހުން ސްރީ ލަންކާގެ އަސްކަރީ މަތިންދާ ބޯޓެއްގައި ގޮޓަބަޔަ ރާއްޖެ ވަޑައިގެންނެވީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. ސޯޝަލް މީޑިއާގައި އާންމުވެެގެން ގޮސްގައިވާ ވީޑިއޯތަކުން އެގެން އިން ގޮތުގައި، ގޮޓަބަޔައަށް މަރުހަބާ ދެންނެވުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުވަނީ އެއަރޕޯޓަށް ވަޑައިގެންފައެވެ.

ސީއެންއެންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައ،ި ސްރީ ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ގައުމު ދޫކޮށް ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައި ވާއިރު، ގޮޓަބަޔަ ދަރުރު ކުރައްވަމުން ދިޔަ އަސްކަރީ މަތިންދާ ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެއްސުމު ފުރުސަތު، ރާއްޖޭގެ އެއަރ ޓްރެފިލް ކޮންޓްރޯލުން އެންމެ ފުރަތަމަ ދީފައި ނުވެއެވެ. އެހެންނަމަވެސް، އަސްކަރީ މަތިންދާ ބޯޓު ރާއްޖޭގައި ޖައްސާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މެދުވެރިވެގެން ކަމުގައި، ސީއެންއެން ރިޕޯޓު ކޮށްފައި ވެއެވެ.

 

ގޮޓަބަޔަގެ މައްޗަށް އިންސާނިއްޔާތާ ޚިލާތައް ޖަރިމާތައް ހިންގާފައިވާ ކަމުގެ އެތައް ތުހުމަތެއް!

ގޮޓަބަޔަ ރާޖަޕަކްސްއަކީ ފާއިތުވި 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައިވެސް އޭނާގެ މައްޗަށް ކުރެވިފައި އެތައް ތުހުމަތަކަށް ޖަވާބުދާރީ ވުމަށް ކޯޓުތަކަށް ހާޒިރު ކުރެވިފައި ނުވާ ފަރާތެކެވެ. މީގެ ތެރޭގައި އޭނާގެ އާއިލާއިން ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި އަމަލްތަކުގެ ތުހުމަތަކަށްވެސް އޭނާ ޖަވާބުދާރީ ވާންޖެހިފައި ވާއިރު، ސްރީ ލަންކާގައި ވަކިވެގަތުމަށް ތަމަޅައިން ކުރި ހަނގުރާމަ ނިމުމަކަށް ގެނައިއިރު، ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ގޮޓަބަޔަގެ ޑިފެންސް މިނިސްޓަރު ކަމުގައި އިންސާނިއްޔަތާއި ޚިލާފް ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމުގެ ބޮޑެތި ތުހުމަތުތައްވެސް ވަނީ ކުރެވިފައެވެ.

އަދި މި ޖަރީމާތައް ތަހުގީގު ކުރުމަށް ޔުއެންއިންވެސް ފަހުން ގޮވާލި ނަމަވެސް، ފާއިތުވެދިޔަ 15 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ސްރީ ލަންކާގައިއޮތް ރާޖަޕަކްސް ޚާއްދާނުގެ ސިޔާސީ ނުފޫޒުގެ ސަބަބުން މިއިން އެއްވެސް މައްސަލައެއް ތަހުގީގު ކުރުމުގެ ފުރުސަތުވެސް ލިބިގެން ގޮސްފައެއް ނުވެއެވެ.

މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ސްރީ ލަންކާގެ ޑިފެންސް މިނިސްޓަރަކީ މިހާރުގެ ރައީސް ގޮޓަބަޔަ ރާޖަޕަކަސް

ސްރީ ލަންކާގައި، 1983 އަކުން 2009 ވަނަ އަހަރުގެ ނިޔަލަށް ހިގައިގެން ދިޔަ، 26 އަހަރުވީ އަހުލީ ހަނގުރާމާގައި 200،000 އަށްވުރެ ގިނަ އާންމު ރައްޔިތުންވަނީ މަރުވެފައެވެ.

އެހެންނަމަަވެސް، 2009 ވަނަ އަހަރު، ސްރީ ލަންކާގެ އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ރައީސް ކަމުގައި، މިނިވަން ދައުލަތެއް އެގައުމުގައި އުފެއްދުމަށް ހަނގުރާމަ ކުރަމުން އައި ތަމަޅަ ޓައިގަރުން ބަލިކޮށް، އެ ޖަމާއަތުގެ އިސް ލީޑަރުންތައް މަރާލާ، އަހުލީ ހަނގުރާމައަށް ވަނީ ނިމުން ގެނެސްފައެވެ. 2009ވަނަ އަހަރު މަހިންދަ ރާޖަޕަކްސްގެ ރައީސްކަމުގައި މި ހަގުރާމައަށް ނިމުމަކަށް ގެނައިއިރު އެގައުމުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވީ މިހާރުގެ ރައީސް، ގޮޓަބަޔަ ރާޖަޕަކްސައެވެ. ގޮޓަބަޔަރ އަކީ، އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދޮށީ ބޭބެއެވެ.

މިގޮތުން މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި 2009ވަނަ އަހަރު، ތަމަޅަ ޓައިގަރުން ކުރަމުންއައި އަހުލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އޭރުގެ ސަރުކާރުން ކުރިޔަށް ގެންދިޔަ އަނިޔާވެރި ހަނގުރާމާގައި، އަހުލީ ހަނގުރާމައިގެ އެންމެ ފަހު ހަފްތާގައި އެކަނިވެސް އާންމުންގެ 40،000 މީހުން މަރުވެފައިވާ ކަމަށް ޔޫއެންއިން އަންދާޒާ ކޮށްފައިވެއެވެ. މިމީހުންނަކީ، ސްރީ ލަންކާގެ ސަރުކާރުން އޭރު ކަނޑައެޅި އުދުހުން މަނާ ސަރަަހައްދަކަށް ރައްކާތެރިކަން ހޯދުމަށް އެއްވެފައިވަނިކޮށް، އެ ސަރަހައްދަށް ސްރީ ލަންކާގެ އަސްކަރިއްޔާއިން ބޮން އެޅުމުގެ ސަބަބުން މަރުވެފައިވާ މީހުންނެވެ.

އެހެންނަމަވެސް، މަހިންދަ ރާޖަޕަކްސަވަނީ، އޭނޭގެ ސަރުކާރުން ތަމަޅަ ޓައިގަރުންނާއި ދެކޮޅަށް ގަތުލު އާންމު ހިންގާފައި ވާކަމަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އަދި މިތުހުމަތުތަކުގެ މައްޗަށް ބައިނަލްއަގުވާމީ ތަހުގީގެއް ހިންގުމަށްވެސް އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި އެގައުމުގެ އެކި ފަރާތްތަކުން ފާއިތުވެދިޔަ ތަނުގައި ހިންގާފައިވާ ތަހުގީގުތަކުން ވަނީ، ހަގުރާމައިގެ ޖަރީމާތައް ހިންގިކަމުގެ ތުހުމަތުތައް އެކަށީގެންވާ ގޮތެއްގައި ނުބެލިފައެވެ.

ހަމަ އެއާއެކު، ސްރީ ލަންކާ އިގްތިސާދު މިއަދު ބޮޑު ވަޅުގަޑަކަށް މިއަދު ވެއްޓިގެން ގޮސްފައިވާއިރު، މިއަދު އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެފައިވާ، ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވީ އުމުރުން 70 އަހަރު ބަސިލް ރާޖަޕަކްސައެވެ. އޭނާއަކީ މަހިންދަ ރާޖަޕަކަސައާއި ގޮޓަބަޔަ ރާޖަޕަކްސަގެ ކޮއްކޮއެވެ. މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި، 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް، އެގައުމުގެ އިކޮނޮމިކް ޑިވެލޮޕްމަންޓުގެ މަގާމުގައި ހުންނަވާފައިވަނީވެސް އޭނާއެވެ.

އޭނާވެސް ގައުމުދޫކޮށް ދިއުމަށް މީގެ ދެދުވަސް ކުރިން އެއަރޕޯރޓަށް ދިއުމާއެކު އެއަރޕޯޓުގެ މުވައްޒިފުންވަނީ އޭނާވެސް ފުރައިގެން ދިޔަ ނުދީފައެވެ.

މިގޮތުން ރާޖަޕަކްސަ އާއިލާގެ އިސް ފަރާތްތަކުން ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބަވައިގެން ފާއިތުވެދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާކަމަށް ކުރެވޭ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ތަކަށްވެސް ރައީސްކަމުން އިސްތިއުފާ ދެއްވުމާއެކު ގޮޓަބަޔަ ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހޭނެ ކަމުގައި ވަނީ ބެލެވިފައެވެ.

ސްރީ ލަންކާގެ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ވެރިކަމުގެ ބާރުތަކާއި ހަވާލުވީ ދެބެއިން: ދެބެއިންގެ ވެރިކަމުގައި މުޅި މާލިއްޔަތު އޮތީ އެއް އާއިލާއެއްގެ ބާރުގެ ދަށުގައި

 

ގޮޓަބަޔައަކީ އިންސަނިއްތަޔާ ޚިލާފް އެތައް ޖަރީމާއެއްގެ ތުހުމަތު އޮތް ފަރާތެއް! ފިއްލަވަން ރާއްޖެއިން އެހީތެރި ވެދިނީތަ؟

ބެލެވޭ ގޮތުގައި ގޮޓަބަޔަ ރައީސްކަމުން އިސްތިއުފާ ދެއްވުން ލަސްކުރެއްވި މައިގަޑު ސަބަބަކީ ސްރީ ލަންކާގައި ހުންނަވައިގެން އޭނާ އިސްތިއުފާ ދެއްވައިފި ހާލަތެއްގައި ހައްޔަރު ކުރުމުގެ ފުރުސަތު އޮތުމުގެ ސަބަބުންނެވެ. ސަބަބަކީ ރައީސް ކަމުގައި ހުންނަވަނިކޮށް ސްރީ ލަންކާގައި ގޮޓަބަޔަ ހައްޔަރު ކުރުމުގެ ފުރުސަތު ނޯންނާނެތީއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އަސްކަރީ މަތިންދާ ބޯޓެއްގައި ރައީސް ގޮޓަބަޔަ ރޭގެ ދަންވަރުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންފައިވަނީ އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް ސްރީ ލަންކާގެ ކޯޓުގައި އެދިފައި ވަނިކޮށެވެ.

މިހާރު ދުނިޔޭގެ ބޮޑެތި މީޑިއާތަކުންވެސް ރިޕޯޓު ކުރަމުންދާ ގޮތުގައި ގޮޓަބަޔަ ރާއްޖެއަށް ވަޑައިގަތީ ފިއްލަވައިގެންނެވެ. އެކަމަށް ރާއްޖެއިން އެހީތެރިވެދިނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށްވެސް ދުނިޔޭ މީޑިއާތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ.

ހަމައެއާއެކު، ގޮޓަބަޔަ ރާޖަޕަކްސަ ރޭގެ ދަންވަރުގެ ވަގުތެއްގައި ރާއްޖެ ވަައިގަތްއިރު، މަރުހަބާ ދެއްނެވުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު އެއަރޕޯޓަށް ވަޑައިގަތް ވީޑިއޯވެސް މިހާރުވަނީ ސޯޝަލް މީޑިއާގައި އާންމު ވެފައެވެ. އަދި ގޮޓަބަޔައަށް، އޭނާގެ މައްޗަށް ކުރެވިައިވާ ބޮޑެތި ތުހުމަތުތަކަށް ފިއްލެވުމުގެ ފުރުސަތު ފަހިކޮށް ދެއްވުމަށް ނަޝީދު އެހީތެރިކަން ފޯރުކޮށް ދެއްވާފައިވާކަމަށް ބުނެ، ސްރީ ލަންކާގެ ގިނަ ބައެއްގެ އިތުރުން، އިތުރު އެތައް ބައެއްގެ ފާޑު ކިއުންވެސް ދަނީ އަމާޒު ވަމުންނެވެ.

ރައީސް ގޮޓަބަޔައަކީ އޭނާގެ ޑިފެންސް މިނިސްޓަރު ކަމުގައި ހިންގާފައިވާ އިންސާނިއްޔަތާއި ޚިލާފް އެތައް ޖަރީމާއަކަށް ޖަވާބުދާރީ ވާން ޖެހިފައިވާ ފަރާތަކަށް ވުމާއެކު، އޭނާއަށް ރާއްޖެއިން ކީ ހޫނު މަރުހަބާއަކީ ބައިނަލްއަގުވާމީ މަސްރަހަށް ބަލައިގަންނަން ފަސޭހަ މަރުހަބާއަކަށް ނުވާނެއެވެ.

އަދި އޭނާއަށް ރާއްޖެއިން ސިޔާސީ ހިމާޔަތް ދީފިނަ، މިއީ އިތުރަށް ރާއްޖެއަށް ކުރިމަތިވާނެ ބޮޑު މައްސަލައެއްގެ ގޮތުގައި މިހާރުވެސް ވަނީ ފާހަގަ ވާން ފަށާފައެވެ. ސަބަބަކީ، ގޮޓަބަޔަ ގައުމު ދޫކޮށް ވަޑައިގެންނެވީ، ގައުމު ބަގުރޫޓު ވެފައި ވަނިކޮށް، އަދި އޭނާގެ މައްޗަށް ކުރެވެމުންދާ އެތައް ތުހުމަތުތަކަށް ޖަވާބުދާރީ ނުވެ، ފިއްލެވުމުގެ މަގުސަދުގައި ކަމަށްވާތީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ