ދެޖިންސުގެ މީހުންގެ ވަނާތައް ފާޅުކޮށް، މީހުން ދިރިއުޅޭ ރަށެއްގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ބޮޑީބިލްޑިން މުބާރާތް ނުބޭއްވުމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު، ޔޫތު މިނިސްޓަރ މަހުލޫފަށް ގޮވާލައިފިއެވެ.
ރާއްޖޭގައި އަންނަ ހުކުރު ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕު ފެށުމަށް ވާންޖެހޭ ތައްޔާރީތައްވެ، އެމުބާރާތް މިނިސްޓަރ މަހުލޫފްވެސް ވަނީ ޓުވީޓު ކުރައްވާފައެވެ. ކ.މާފުށީގައި ބާއްވާ މިމުބާރާތުގައި ރާއްޖެއިންވެސް އަންހެން އަދި ފިރިހެން އެތުލީޓުން ވާދަކުރާކަމަށް މައުލޫމާތު ލިބިފައެވެ.
މިމުބާރާތް ހުއްޓާލުމަށް ގޮވާލައި، މިނިސްޓަރ މަހުލޫފް ޓެގް ކުރައްވައި ޑރ.އިޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރާއްޖޭގައި އެއްޖިއްސުން ގުޅުން ހިންގައިގެން ބޮޑު ފާޙިޝް އަމަލަކުން އަރައި ނުގަނެވިގެން އުޅޭ ދަނޑިވަޅެއްގައި އަނެއްކާވެސް ދެޖިންސުގެ މީހުންގެ ވަނާތައް ފާޅުކޮށް ޤައުމަށް އިތުރަށް ގެއްލުންވާ ގޮތަށް ހިންގޭ ހަރަކާތްތައް ނުހިންގުމަށް ނަސޭހަތްތެރި ވާކަމަށެވެ.
ޤައުމުގައި އެއްޖިންސުން ގުޅުން ހިންގުމާއި ފާޙިޝް ޢަމަލުތައް ޢާއްމުވެފައިވާ ވަގުތެއްގައި އަނެއްކާވެސް އެފަދަ ކަންކަމަށް ހިތްވަރުލިބޭގޮތަށް ދެޖިންސުގެ މީހުން ވަނާތައް ފާޅުކޮށް އިތުރު ގެއްލުން ޤައުމާއި ރަޢްޔިތުންނަށް ލިބޭފަދަ ކަންތައް ނުކުރުމަށް ނަޞޭޙަތްތެރިވަން.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
އިޔާޒު ވިދާޅުވީ މީގެ ކުރިން ބޮޑީބިލްޑިން ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ވަރަށް ވުރެއްވެސް މާބޮޑަށް ގޯސްކޮށް މީހުން ދިރިއުޅޭ ރަށެއްގައި މިހަރަކާތް ބޭއްވުމަކީ އެއްގޮތަކަށްވެސް ޖާގަ ދެވިގެންވާނެ ކަމެއްނޫންކަމަށެވެ. އަދި މިކަން ހުއްޓާލުމަށް އިޔާޒު ވަނީ މަހުލޫފަށް ގޮވާލާފައެވެ.
ބޮޑީބިލްޑިންގެ ނަމުގައި މިހާތަނަށް މިކަން މިރާއްޖޭގައި ކުރިވަރަށްވުރެ އެތައް ގުނައެއް ގޯސްކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގަން އުޅޭ ހަރަކާތް ހުއްޓާލަން މިނިސްޓަރ މަހުލޫފަށް ގޮވާލަން. ދެންވެސް ވިދާޅުވާނީ މިއޮށް ހުރިހާ ދުވަހު ޝައިޚުން ކޮބައިތޯއޭ؟ ނޫނީ މިކަން ކުރީ 5 ނަމާދު ކޮށްގެންނޭތޯ؟
ޑރ.އިޔާޒު މަހުލޫފާއި ސުވާލު ކުރެއްވިއެވެ.
Bodybuilding ge namuga mihaathanah mikan miraajjeyga kurivarahvure ethah guna eh goaskoh myhun dhiriulhey rashehga hingan ulhey harakaiy huttaalan @ahmedmahloof ah govaalan. Dhenves vidhaalhuvaany mioh hurihaa dhuhu sheikhun kobaitho ey? Noony mikan kury 5 namaadhu kohgenney tho? https://t.co/N0LIT0sj6q
— Dr.Mohamed Iyaz (@dr_iyaz) July 11, 2022
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކ. މާފުށީގައެވެ. އޭޝިއާ ބައްރުގެ 26 ގަައުމަކުން 500 އަށްވުރެ ގިނަ ބައިވެރިން މި މުބާރާތުގައި ވާދަަކުރާނެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބާއްވާ އެންމެ ފުރަތަމަ ބޮޑީބިލްޑިން މުބާރާތެވެ.
2 Responses
ޓީވީ ތަކުން ބޭނުން ގަޑިޔަކު ބޭނުންވަރަކަށް ބެލޭ. ޔޫޓިބުންނާއި އެހެނިހެން ވަސީލަތްތަކުންވެސް ބޭނުން ވަރަކަށް. ދެން މިޒާތުގެ ވާހަކަތައް ދައްކައި ފިތުނަ އުފައްދަން ނޫޅުއްވާ. މިހާރުވެސް މިރާއްޖެ މިހިރީ ދީނީ މަޒުހަބީ ދެބަސްވުންތަކާ ދިމާލަށްގޮސް ބޮޑު ފިތުނަވެރިކަމާ ހަމަ ނުޖެހުމަކާ ދިމާލަށް މިސްރާބު ޖަހާފަ.
މަގުމަތީގައ ހިނގ ނިވާނުވާހެދުންލައިގެން އުޅޭ އަންހެނުނ ގެ ވާހަކަ ނުދައްކާތަ؟އެކަންތައް ހުއްޱުވުމަށް ބާރުނާޅާތާ؟ އެމީހުންގެވަނާތަށް ފާޅުނުވަނީތަ؟