މައިންބަފައިންނަށް ވުރެ ބޮޑަށް އާންމުން މަގޭ ކައިވެންޏާމެދު ކަންބޮޑުވޭ: ސޮނާކްޝީ

މައިންބަފައިންނަށް ވުރެ ބޮޑަށް އާންމުން މަގޭ ކައިވެންޏާމެދު ކަންބޮޑުވޭ: ސޮނާކްޝީ

ބޮލީވުޑްގެ ކުޅަދާނަ އެކްޓްރެސް ސޮނާކްޝީ ސިންހާ ކައިވެނި ކުރަނީ ކޮންއިރަކުތޯއާއި ކާކާތޯ ބަލަން އޭނާގެ މައިން ބަފައިންވެސް ނޫޅޭ ވަރަށް އާންމުން އުޅޭކަމަށް އޭނާ ބުނެފިއެވެ.

ބޮލީވުޑް ހަންގާމާއާ ވާހަކަދައްކަމުން އޭނާ ބުނެފައި ވަނީ އޭނާ މީޑިއާ އާއި ސޯޝަލް މީޑިއާ އާއި އާންމުންނަށް އެނެގެން ބޭނުން ވަނީ އޭނާގެ ޕްރޮފެޝަނަލް ދިރިއުޅުން ކަމަށާއި އަމިއްލަ ޕާސަނަލް ދިރިއުޅުން ނޫން ކަމަށެވެ.

"އަހަރެންގެ އަމިއްލަ ދިރިއުޅުން އާންމުންނާ ހިއްސާކުރަން އަހަރެން ރެޑީވުމުން ނޫނީ އެކަމެއް ނުކުރާނަން، އަހަރެންނަކީ އަބަދުވެސް މިގޮތުގައި ހުންނަ މީހެއް، އަހަރެންގެ ސޯޝަލް މީޑިއާ އެކައުންޓް ތަކުން ވެސް އެކަން ފެންނާނެ"

– ސޮނާކްޝީ

ސާޗް އިންޖީން ތަކުން އާންމުން އޭނާގެ ކައިވެންނާއި ކައިވެނި ކުރާނެ މީހަކާ ގުޅޭގޮތުން ހޯދަން މަސައްކަތްކުރާ މައުލޫމާތުތަކާ ގުޅޭގޮތުން ބޮލީވުޑް ހަންގާމާއިން ކުރި ސުވާލަށް ޖަވާބުދެމުން، ހިނިގަނޑެއް ޖަހާލުމަށްފަހު ސޮނާކްޝީ ބުނީ އެކަންކަމާ ގުޅޭގޮތުން އޭނާގެ މައިންބަފައިންވެސް ސުވާލު ނުކުރާ ކަމަށެވެ. އެއަށްވުރެ ބޮޑަށް އާންމުންނާ މީޑިއާތަށް މިކަމުގައި ކަންބޮޑުވާކަން ފާހަގަ ވާކަމަށް ސޮނާކްޝީ ވަނީ ބުނެފައެވެ.

ސޮނާކްޝީ އާއި އެކްޓަރ ޒަހީރު އިގްބާލް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް ގަދަވެފައެވެ. ޖޫން މަހު އިންސްޓަގްރާމްގައި ޒަހީރު ވަނީ ސޮނާކްޝިގެ އުފަންދުވަހުގެ މުނާސަބަތުގައި ޕޯސްޓެއް ހިއްސާ ކޮށްފައެވެ. މިއީ އެދެމީހުން އެކި ދުވަސްތަކެއްގެ މަތިން ނަގާފައިވާ ފޮޓޯތަކެކެވެ. މި ފޮޓޯތައް ހިއްސާ ކުރަމުން ލޯބިވާކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ޕޯސްޓަށް ކޮމެންޓް ކުރަމުން ސޮނާކްޝީވެސް ލޯބި ފާޅުކޮށްފައި ވެއެވެ.

މިއީ މިދެމީހުން ރައްޓެހިވެގެން އުޅޭކަން ހާމަކުރުން ކަމަށްވެސް ގިނަބަޔަކު އޭރު ވަނީ ބުނެފައެވެ. ކުރީގެ އެކްޓަރ ޝަތުރުގަން ސިންހާގެ ދަރިފުޅު ސޮނާކްޝީ ބޮލީވުޑަށް ނުކުތީ ސަލްމާނާ އެކީ ކުޅުނު 2010ގެ "ދަބަންގް" އިންނެވެ. ގަހަނާގެ ވިޔަފާރި އާއިލާއަކަށް ނިސްބަތްވާ ޒަހީރު ބޮލީވުޑަށް ނެރުނީ ސަލްމާން ޕްރޮޑިއުސްކުރި 2019ގެ "ނޯޓްބުކް" އިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *