ޑި މާރިއާ ޔުވެންޓަސްއަށް ސޮއިކޮށްފި

ޑި މާރިއާ ޔުވެންޓަސްއަށް ސޮއިކޮށްފި

Author
މުޙައްމަދު ޝަޒައިމް
09 ޖުލައި 2022 05:04
0

ފްރެންޗް ލީގުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުންދިޔަ އާޖެންޓީނާގެ އެންހެލް ޑި މާރިއާ ހިލޭ ޓްރާންސްފަރ އެއްގެ ދަށުން އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުން ޑި މާރިއާ ޔުވެންޓަސްއަށް ސޮއިކޮށްފައިވަނީ އެއްއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އުމުރުން 34 އަހަރުގެ ޑި މާރިއާ ޔުވެންޓަސްއަށް ބަދަލުވީ ޕީއެސްޖީގައި ހަތް އަހަރު ހޭދަކުރުމަށްފަހުއެވެ. ޑި މާރިއާވަނީ މި މުއްދަތުގެ ތެރޭގައި ފްރެންޗް ލީގުގެ ތަށި ފަސް ފަހަރު ކާމިޔާބުކޮށް 92 ލަނޑު ޖަހާދީފައެވެ.

ޑި މާރިއާ ވަނީ މީގެކުރިން މެންޗެސްޓަރ ޔުނައިޓެޑާއި ރެއާލް މެޑްރިޑަށްވެސް ކުޅެފައެވެ. މިގޮތުން 2014 ވަނަ އަހަރު އޭނާ ޔުނައިޓެޑަށް ބަދަލުވެފައިވަނީ އޭރުގެ އިނގިރޭސި ރިކޯޑް ފީ އެއް ކަމަށްވާ 59.7 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ޑިމާރިއާ ޔުވެންޓަސްއަށް ބަދަލުވެފައިވާއިރު ޕައުލް ޕޮގްބާވެސް ވަނީ ޔުވެންޓަސްއަށް ބަދަލުވުމަށްޓަކައި އިޓަލީވިލާތަށް ގޮސްފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ޕޮގްބާވެސް ޔުވެންޓަސްއާއި ގުޅުމަށް ހަމަޖެހިފައިވަނީ ހިލޭ ޓްރާންސްފަރ އެއްގެ ދަށުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.