ބަޑީގެ ހަމަލާއަށްފަހު ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު އަބޭ ނާޒުކު ހާލަތުގައި

ބަޑީގެ ހަމަލާއަށްފަހު ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު އަބޭ ނާޒުކު ހާލަތުގައި

Author
ހުސެއިން
08 ޖުލައި 2022 12:35
0

މިއަދުގެ ހެދުނުގެ ވަގުތެއްގައި ޖަޕާނުގެ ނާރާ ސިޓީގައި ކެމްޕޭން އިވެންޓެއްގައި ވާހަކަ ދައްކަވަން ހުންނަވަނިކޮށް ދިން ބަޑީގެ ހަމަލާއެއްގައި ޒަޚަމްވެ މިހާރު ފަރުވާ ދެވެމުންދާ، ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒީ އަބޭގެ ހާލުކޮޅު ވަރަށް ނާޒުކު ކަމުގައި، ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވެއްޖެއެވެ.

ކިޝިޑާ ވަނީ، އުމުރުން 67 އަހަރުގެ ބޮޑުވަޒީރު އަބޭއަށް ދިން ބަޑީގެ ހަމަލާ "ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ" ކަމަށް ވިދާޅުވެފައެވެ. ކިޝިޑާ ވިދާޅުވެފައިވަނީ، ބޮޑުވަޒީރު އަބޭގެ ފުރާނަ ސަލާމަތް ވުމަށް އެދި އޭނާ ގެންދަވަނީ ދުއާ ކުރައްވަމުން ކަމުގައެވެ.

ކިށިޑާ ވިދާޅުވެފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ ކޮން މަގުސަދެއްގައިކަން އަދި ސާފުވެފައި ނުވާ ކަމުގައެވެ. މި ހަމަލާގެ ޚަބަރު ލިބުމާއެކު ކިށިޑާވަނީ ޔަމަގަތާ ޕްރީފެކްޗަރގައި ކުރިޔަށް ދިޔަ ކެމްޕެއިން އިވެންޓް މެދު ކަނޑާލެއްވުމަށްފަހު ހެލިކަޕްޓަރއެއްގައި، ވެރިރަށް ޓޯކިޔޯގައި ނުންނަ ބަޑުވަޒީރުގެ ރަސްމީ ގެކޮޅަށް ވަޑައިގެންފައެވެ.

މި ހަމަލާއަށްފަހު ރިޕޯޓަރުންނާއި ވާހަކަ ދައްކަވަމުން، ޗީފް ކެބިނެޓް ސެކެޓްރީ ހިރޯކަޒު މަޓްސޫނޯ ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، އަންނަ އާދީއްތަ ދުވަހު އޮންނަ، ޖަޕާންގެ ގާނޫނުހަދާ މަޖިލިހުގެ މަތިގޭގެ އިންތިޚާބުގެ ކެމްޕޭންގައި ނާރާ ސިޓިގައި ވާހަކަ ދައްކަވަން ހުންނަވަނިކޮށް، މިއަދުގެ 11:30 ހާރިރު ކަމުގައެވެ.

"މިހާ އަނިޔާވެރި އަމަލެއް ބަލައެއް ނުގަނެވޭނެ،" މަޓްސޫނާ ވިދާޅުވިއެވެ.

ޖަޕާންގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރިކަން ކުރެއްވި އަބޭ އެގައުމުގައި އެންމެ ފުރަތަމަ ބޮޑުވަޒީރުކަން ކުރެއްވީ 2006 ވަނަ އަހަރުން 2007 ވަނަ އަހަރަށެވެ. އެއަށްފަހު 2012 އިން 2020 ވަނަ އަހަރާއި ހަމައަށް އޭނާވަނީ އެގައުމުގައި ބޮޑުވަޒީރުކަން ކުރައްވާފައެވެ.

އަބޭއަކީ އަދިވެސް ޖަޕާނުގައި ސިޔާސީ ގޮތުން ނުފޫޒު ގަދަ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.