ނ ހެނބަދޫ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ނ. ހެނބަދޫ / ކުންނާރުގެ، އިބްރާހީމް ރާމިޒް (28އ) ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް މިރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ފުލުހުން ބުނެފައި ވާގޮތުގައި، އިބްރާހީމް ރާމިޒް އެންމެ ފަހުން ފެނިފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ކަމުގައެވެ. ފެނުނުއިރު ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެކެވެ. އިއްޔެގެ ވަގުތެއްގައި އޭނާ ކެނޯ އެއްގައި އެކަނި ކަނޑުމައްޗަށް ނުކުތީކަމަށް ބެލެވޭކަމަށް އޭނާގެ އާއިލާއިން ފުލުހުންނަ މައުލޫމާތު ދީފައި ވެއެވެ.
އިބްރާހީމް ރާމިޒް ފެނިއްޖެނަމަ ނުވަތަ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ 9311499 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެއްވުމަށްވެސް ފުލުހުން އެދިފައި ވެއެވެ.
ނ.އަތޮޅު ކައުންސިލާއޮ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވާގޮތުގައި އޭނާ ހޯދުމުގެ ރަށުގެ އެކި ފަރާތްތަކުންވެސް ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ