ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ ފުލުހަކު ސަސްޕެންޑުކޮށްފިއެވެ.
އާއްމުންގެ ފާޑުކިއުން އަމާޒުވެފައިވާ ވީޑިއޯއާ ގުޅޭ ގޮތުން ފުލުހުން ބުނީ އޭގައި ޝާމިލުވާ ފުލުސް މީހާގެ މައްސަލަ އެ އިދާރާގެ ކަމާބެހޭ ޑިޕާޓަމަންޓްތަކުން ބަލަމުން އަންނަ ކަމަށެވެ. އެ މައްސަލާގައި ޖިނާއީ ތަހުގީގެއްގެ އިތުރުން އަހުލާގީ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް އިން ބަލަމުންދާއިރު، ތުހުމަތުކުރެވޭ ޕޮލިސް އޮފިސަރު ހުރީ މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑްކޮށްފައި ކަމަށް ފުލުނުން ވަނީ ބުނެފައެވެ.
އަލަމްގިރި އާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރެއިން 42 މީހެއްގެ ވީޑިއޯ އޭނާ ރެކޯޑް ކުރިކަމަށް ވެއެވެ. އެ ވީޑިއޯތައް ބޭނުންކޮށްގެން ވީޑިއޯ އިން ފެންނަ މީހުން ބްލެކްމެއިލް ކުރުން މާޗް މަހުން ފެށިގެން އައީ ކުރިއަށް ދަމުންނެވެ. ނަމަވެސް އެކަން މީޑިއާގެ ސަމާލުކަމަށް އައީ ގާނޫނީ ވަކީލް ނާޒިމް ސައްތާރު އަލަމްގިރި އާއި އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ޖޫން 24 ވަނަ ދުވަހު ލީކް ވުމުންނެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިހާރު ވަނީ ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި، މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި އަލަމްގިރި ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައެވެ. ނަމަވެސް މިމައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
ބިދޭސީ ފިރިހެނަކާ އެކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ދައުރުވަމުން ދާއިރު އަދި އާންމުނުވާ އެތައް ބައެއްގެ ވީޑިއޯ ހުރި ކަމަށް ވެ އެވެ. އޭގެ ތެރޭގައި ސިޔާސީ މީހުންނާއި ވިޔަފާރިވެރިންނާއި ޒިންމާދާރު އެކި މަގާމުތަކުގައި އުޅޭ މީހުން ހިމެނޭކަން ވެސް އެނގިފައިވެއެވެ.
ކޮމެންޓު ފޮނުވާ