ރައްޔިތުންގެ މަޖިލީހުގައި މިނިވަން މެމްބަރެއްގެ ގޮތުގައި ވިލިނގިލި ދާއިރާ ތަމްސީލް ކުރައްވަމުންދިޔަ މެންބަރު ސައުދު ހުސައިން އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
ސައުދު އެމްޑީޕީއަށް ސޮއިކޮށްފައިވާ ފޯމު ޚަބަރު އޮންލައިނަށް ވަނީ ލިބިފައެވެ. ސައުދު އެމްޑީޕީއަށް ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. ސައުދު އެމްޑީޕީއާއި ގުޅުމުން މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދުވަނީ 66 އަށް އަރާފައެވެ.
ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުމުގައި ސިޔާސީ ޕާޓީއަކާއި ގުޅިގެން ކުރިއަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް 2019 ވަނަ އަހަރުވެސް ސައުދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކާއި ނުގުޅި ސައުދު މަސައްކަތް ކުރެއްވީ މިނިވަން މެމްބަރެއްގެ ގޮތުގައެވެ.
ސައުދަކީ މިވެރިކަން ގެނައުމަށްޓައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރުގެ ސަރުކާރާއި ދެކޮޅަށް ނިކުންނަން ކެރުނު މެމްބަރުންގެ ތެރެއިން މެމްބަރެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ސައުދު ވަނީ ޖަލަށްވެސް ލާފައެވެ. އަދި އޭނާ ވަނީ ޕީޕީއެމް މެމްބަރުކަމުންވެސް ވަކިކޮށްފައެވެ. ނަމަވެސް ސައުދު ވަނީ މިނިވަންވެ އަލުން މަޖިލީހުގެ އިންތިޚާބުގައި ވާދަކޮށް ވިލިނގިލި ދާއިރާގެ ގޮޑި ދިފާއު ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ