މޫދަށް ކުނި އެޅުމުގެ ސަބަނުން، ނިކަ ރިސޯޓު ގުރޫޕުން ހިންގާ އަލިމަތާ ރިސޯޓު 3 ލައްކަ ރުފިޔާއިން އިޕީއޭއިން ޖޫރިމާނާ ކޮށްފިއެވެ.
އީޕީއޭއިން ހޯމަ ދުވަހު ހާމަ ކޮށްފައިވާ ގޮތުގައި، ކަނޑަށް އެޅުން މަނާ ކުނީގެ ބާވަތްތައް ކަނޑައަޅާ، އަލިމަތާ ރިސޯޓުން ވޭސްޓް މެނޭޖްމަންޓް ރެގިއުލޭޝަނާއި ޚިލާފް ވެފައިވާ ކަމުގައެވެ.
މިގޮތުން އީޕީއޭއިން، ޖުލައިމަހުގެ 3 ވަނަ ދުވަހު އަލިމަތާ ރިސޯޓު ޖޫރިމަނާ ކޮށްފައިވަނީ 312،750 ރުފިޔާއިންނެވެ. މި ރިސޯޓަށް މި ޖޫރިމަނާ ދެއްކުމަށް ދީފައިވާ މުއްދަތަކީ 30 ދުވަހެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް ހަދާފައިވާ ގަވާއިދަކީ، އެގަވާއިދާއި ޚިލާފް ވުމުން ބޮޑެތި ޖޫރިމަނާ ކުރާގޮތަށް އެކުލާފަ އޮންނަ ގަވާއިދެކެވެ. މިގޮތުން މީގެ ކުރިން، ރާއްޖޭގެ ފަރުތަކަށް ބައެއް ބޯޓުފަހަރުތައް އަރާ، ބައެއް ކުންފުނިތައް ފާއިތުވެދިތަ ތަނުގައި އީޕީއޭއިންވަނި އެއް މިލިއަަން ޑޮލަރުން ޖުރިމަނާ ކޮށްފައެވެ.