އެކްސިޑެންޓުގައި އަނިޔާވި އެކަކު ނިޔާވެއްޖެ

އެކްސިޑެންޓުގައި އަނިޔާވި އެކަކު ނިޔާވެއްޖެ

Author
ހުސެއިން
04 ޖުލައި 2022 08:13
0

މިއަދު އިރު އޮއްސުނު ގަޑީގައި، އެމްޓީސީސީގެ ބަހަކާއި ކާރެއް އެކްސިޑެންޓްވެ، ކާރުގައި ތިބި 4 މީހުންގެ ތެރެއިން އަނިޔާވި އެކަކު ނިޔާ ވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ، މިއަދު އިރު އޮއްސެމުން ދަނިކޮށް ބަހަކާއި ކާރެއް މުޑި އަރައިގެންނެވެ. މި އެކްސިޑެންޓުގައި އެކްސިޑެންޓްވި ބަހަށްވެސް ބޮޑެތި ގެެލުންތަކެއް ލިބިފައި ވާއިރު އެކްސިޑެންޓް ވި ކާރު އޮތީ އޮތީ ފުނޑުފުނޑު ވެފައެވެ.

މިކާރާއި އެމްޓީސީސީގެ ބަސް އެކްސިޑެންޓް ވެފައިވަނީ އެކުވެނި ޓްރެކް ސަރަހައްދު ބޭރުން ދުއްވާފައި ދަނިކޮށެވެ.

މި އެކްސިޑެންޓުގައި، ކާރުގައި ތިބި 4 މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބި އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެވެމުންނެވެ. މި އެކްސިޑެންޓިގައި ޖުމްލަ 6 މީހަކަށް އަނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 4 ފިރިހެނަކާއި 2 އަންހެނެކެވެ. ނިޔާވެފައިވަނީ އަނިޔާވި ދެ އަންހެނުންނެގެ ތެރެއިން އެއް އަންހެނެކެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނެފައިވަނީ އެކްސިޑެންޓް ހިގާފައިވަނީ ދުއްވަމުންދިޔަ ކާރު އޯވަޓޭކު ކުރަން އުޅުމުގެ ތެރޭގައި ކަމުގައެވެ.

ފަހުން ފުލުހުން ހާމަ ކޮށްފައި ވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އެކުވެނި ކައިރިން ދުއްވާފައިދިޔަ ކާރެއް އެމަގުން ދުއްވާފައިދިޔަ އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެގެން ގޮސް އެމަގުން ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހުގައި ޖެހިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.