އިނދިކޮޅު ޕީޕީއެމްއާ ވެރިކަންކުރާ އެމްޑީޕީ ބަލިކޮށް، ށ. ކޮމަންޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ އެއް ގޮނޑި އެމްއެންޕީން ކާމިޔާބު ކޮށްފިއެވެ.
މިއަދު ބޭއްވި ކޮމަންޑޫ ޑަބްލިއުޑީސީ ބައި-އިލެކްޝަން އެމްއެންޕީން ކާމިޔާބު ކޮށްފައިވާއިރު، މިއީ ރާއްޖޭގައި އެންމެ ފަހުން އުފެއްދި، މި ޕާޓީން ކާމިޔާބު ކުރި ފުރަތަމަ އިންތިޚާބުކަން ފާހަގަ ކޮށްލެވެއެވެ.
މިއަދު ބޭއްވުނު ބައި އިލެކްޝަންގައި ކޮމަންޑޫ ދާއިރާގެ ޑަބްލިއުޑީސީ ބައި-އިލެކްޝަންގައި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ދެ މެންބަރަކު އިންތިޚާބު ކޮށްފައި ވެއެވެ. ދެގޮޑީގެ ތެރެއިން އެންއެންޕީގެ ޒައީމާ އާދަމް އެއް ގޮނޑި ކާމިޔާބު ކޮށްފައި ވާއިރު، އަނެއް ގޮޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީން ވާދަކުރި އައިޝަތު ވަހީދާއެވެ.
އެމްއެންޕީގެ ކެނޑިޑޭޓަށް މި އިންތިޚާބުގައި 334 ވޯޓު ލިބިފައި ވާއިރު، މި އިންތިޚާބުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދި އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު ވަހީދާއަށް ލިބިފައިވަނީ 288 ވޯޓެވެ. ތިންވަނައަށް އެންމެ ގިނަ ވޯޓި ހޯދި ޕީޕީއެމްގެ ކެނޑިޑޭޓް އައިޝަތު ވަހީދާއަށް ލިބިފައިވަނީ 223 ވޯޓެވެ.
ށ. ކޮމަންޑޫ ދާއިރާއަކީ ދާދިފަހުން މަޖިލިސް ބައި-އިލެކްޝަންވެސް ބާއްވާފައިވާ ދާއިރާއެކެވެ. މި ބައި-އިލެކްޝަންގައިވެސް އެމްއެންޕީން ވާދަކޮށްފައި ވެއެވެ. އެހެންނަމަވެސް އެ އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީންނެވެ.
މިއަދު ބޭއްވުނު ށ. ކޮމަންޑޫ ބައި-އިލެކްޝަންގެ އެއް ގޮނޑި އެމްއެންޕީން ކާމިޔާބު ކޮށްފައި ވާއިރު، އެޕާޓީން ވަނީ ދާދި ފަހުން ބޭއްވުނު ވިލިމާލޭ ޑަބްލިއުޑީސީގައިވެސް ވާދަ ކޮށްފައެވެ. މި ބައިއިލެކްޝަންގައި ޕީޕީއެމްއާއި ވާދަކޮށް އެޕާޓީ ބަލިވެފައިވަނީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ.
ރާއްޖޭގައި އެންމެ ފަހުން އުފެއްދި ޕާޓީ ކަމުގައިވާ، އެމްއެންޕީ ފާހަގަ ވެފައިވަނީ ގިނަ އިންތިޚާބުތަކުގައި ވާދަކުރާ، ސިޔާސީގޮތުން ހަރަކާތްތެރި ޕާޓީއެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ