ރަތަފަންދޫއަށް އުދައަރައި ރަށުގެ ބޮޑުބައެއް ފެނުއަޑީގައި!

ރަތަފަންދޫއަށް އުދައަރައި ރަށުގެ ބޮޑުބައެއް ފެނުއަޑީގައި!

Author
މުޙައްމަދު ޝަޒައިމް
01 ޖުލައި 2022 07:20
0

މިއަދު ރާއްޖޭގެ މޫސުން ގޯސްވެ، އުދައެރުމުގެ ހާދިސާތަކުގައި ގދ.ރަތަފަންދޫއަށް ވަރަށް ބޮޑަށް އުދައަރައި ރަށުގެ ބޮޑުބަޔަކަށް އެކަމުގެ ގެއްލުން ކުރިމަތިވެއްޖެއެވެ.

މިއަދު ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުގަދަވެ ގިނަ ރަށްތަކަށް ދަނީ އުދައަރަމުންނެވެ. އުދައިގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ ދެކުނުގެ ރަށްތަކަށެވެ. ރަތަފަންދޫއަށް އުދައެރަން ފެށި މިއަދު މެންދުރުފަހު 2ގެ ފަހުންކަމަށް އެރަށުން މައުލޫމާތު ދިން މީހަކު ބުނެފައެވެ. އޭނާ ބުނީ އުދައިގެ ސަބަބުން އެރަށު ހުޅަނގު ދެކުނު ފަރާތުގައި ދިރިއުޅޭ ގެތަކަށް ވަރަށް ބޮޑަށް މިކަމުގެ އަސަރު ކޮށްފައިވާކަމަށެވެ.

އުދައިގެ ސަބަބުން އެރަށުގެ ގިނަ ގެތަކަށް ލޮނުވަދެ ހިފާ ގެންގުޅޭތަކެއްޗަށް ވަނީ އެކިވަރުގެ ގެއްލުންވެފައެވެ. އުދައެރުން ހުއްޓުވުމަށްޓަކައި، އަދި ގެއްލުން ކުޑަކުރުމަށް އެރަށު ކައުންސިލާއި އާންމުންވެގެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.

ރާއްޖެއަށް މިއަދު މޫސުން ގޯސްވެ އުދަރަމުންދާތީ ސިފައިން ދަނީ މިހާރު އެރަށްތަކުގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.