ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންކާ ބިންތައް ދިނުމުގައ ތަފާތު ކުރުން ގެންގުޅުމަކީ ޤާނޫނު އަސާސީއާއި ޚިލާފް ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ސަރުކާރުން ވަނީ ހުޅުވާލާފައެވެ. ގޯއްޗާއި ފްލެޓަށް ކުރިމަތިލިވޭނީ މާލޭގެ ރައްޔިތުންނަށް އެކަނިކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
ސަރުކާރުން ގޯތި ދިނުމަށް ކަނޑައަޅާފައިވާ ސިޔާސަތަށް ފާޑުކިޔުން އަމާޒު ވެފައިވަނީ، މާލޭގެ ދަފްތަރުގައި ތިބި އެތައްހާސް މީހުންނަށް ގޯތިތަކަށް ކުރިމަތިނުލެވޭނެ ގޮތަށް އުސޫލު އެކުލަވާލުމުންނެވެ. ބިން ދޫކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ފާޑުވިދާޅުވަމުން އަލީ ހުސެއިން ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިއްކާ ބިންތައް ދިނުމުގައި އެއްވެސް ވަރަކަށް ތަފާތު ކުރުން ގެންގުޅުމަކީ ޤާނޫނު އަސާސީން ޖާގަދޭ ކަމެއް ނޫންކަމަށެވެ.
ދައުލަތުގެ ބަޖެޓުން ފައިސާ ޚަރަދުކޮށްގެން ހިއްކާ އެއްވެސް ބިމެއް ވަކިބަޔަކަށް ހިލޭދީ، ހަމައެފަދަ ޙާލަތުގައި ތިބި އެހެން ރައްޔިރުން އޭގެން މަޙްރޫމްކޮށް ތަފާތުކުތުމަކީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް. އަދި އެއީ ބޮޑުވެގެންވާ ބޭޢީންސާފެއް.
– އަލީ ހުސެއިން ވިދާޅުވިއެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި މާލެ ތަމްސީލް ކުރާ މެމްބަރުންގެ އަދަދު 15 އަށް އިތުރުކޮށް، ދަފްތަރުގައި ތިބި މީހުންގެ ވޯޓާއިއެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީން ވަނީ ހޯދާފައެވެ. އަލީ ހުސެއިން ވިދާޅުވީ މިހާރު މިއޮތް އުސޫލުން ދަފްތަރު މީހުންނަށް ވަކިން ޚާއްސަ ދާއިރާއެއް ހަދަން ޖެހިފައިވާކަމަށެވެ.
މިހާރު މިވީގޮތުން ދަފްތަރުގައި ތިބިމީހުންގެ ޙައްޤުގައި ވަކާލާތުކޮށް އެމީހުން ތަމްސީލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ވަކި ޚާޢްޞަ ދާއިރާތަކެއް އުފައްދަން ޖެހޭނެ.
– އަލީ ހުސެއިން ވިދާޅުވިއެވެ.
މާލޭ ސަރަހައްދުން ދޭން ނިންމާފައިވާ ގޯތި ދޫކުރާ އުސޫލުގައި މާލޭގެ ރަށްވެހިންގެ ގޮތުގައި ބަޔާންކޮށްފައިވާ މާއްދާ އުވައިލުވުމަށް ހައި ކޯޓަށް މައްސަލަ ހުށަހެޅުމަށް ޤާނޫނީ ވަކީލް ޝިހާދު އިބްރާހިމެވެ. މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މުހިއްމު ވަޢުދުފުޅެކެވެ. ސަރުކާރުން މާލޭ ރައްޔިތުންނަށް ޚާއްސަކޮށްފައިވާ 3000 ގޯއްޗަށް ކުރިމަތިލުމަށް މިވަނީ ހުޅުވާލާފައެވެ. މި ގޯތިތައް ދޫކުރުމަށް ސަރުކާރުން ނިންމާފައިވަނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ. ގޯތި ދޫކުރާ އުސޫލުގައިވާ ގޮތުން، މާލޭގެ މީހުން ކަމަށް ބަލާނީ އެއްވެސް އިރެއްގައި މާލެ ނޫން ތަނެއްގައި ރަޖިސްޓަރީވެފައި ނެތް މީހުންނަށެވެ.
ކޮމެންޓު ފޮނުވާ