ފެނާންޑީނިއޯ އޭނާގެ ކުރީގެ ކްލަބަކަށް ބަދަލުވެއްޖެ

ފެނާންޑީނިއޯ އޭނާގެ ކުރީގެ ކްލަބަކަށް ބަދަލުވެއްޖެ

އިނގިރޭސި ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ކުރީގެ ކެޕްޓަން ފެނާންޑީނިއޯ އޭނާގެ ކުރީގެ ކުލަބު ބްރެޒިލުގެ އެތްލެޓިކޯ ޕަރަނައެންސޭއަށް ސޮއިކޮށްފިއެވެ.

ޕަރަނައެންސޭއަކީ ފެނާންޑިނިއޯ އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށި ކްލަބެވެ. އުމުރުން 37 އަހަރުގެ ފެނާންޑީނިއޯ މިނިމުނު ސީޒަނަށްފަހު ސިޓީ އާއި ވަކިވީ 9 ސީޒަން އެކްލަބްގައި ހޭދަކުރުމަށްފަހުއެވެ. ފެނާންޑީނިއޯ ހާމަކުރިގޮތުގައި އޭނާއަށް ވަރަށް ގިނަ އޮފަރ ލިބުނު ކަމަށާއި ނަމަވެސް ޕަރަނައެންސޭއަށް އަލުން މިގުޅުނީ އެކލްބަގެ ޖަރޒީ އަލުން ލާން އޭނާ ކުރަމުންދިޔަ އުންމީދު ހަގީގަތަކަށް ހެދުމުގެ ގޮތުންނެވެ. އޭނާ ޕަރަނައެންސޭ އާއި މިގުޅުނީ އެކްލަބް ދޫކޮށް ޔޫކްރެއިންގެ ޝަކްޓާ ޑޮނެސްކްއާއި ގުލުނުތާ 17 އަހަރު ފަހުންނެވެ. ޕަރަނައެންސޭގެ މިހާރުގެ ކޯޗަކީ ކުރިން ބްރެޒިލްގެ ޤައުމީ ޓީމަށް ކޯޗް ކޮށްދިފައިވާ ލުއިޒް ފިލީޕޭ ސްކޮލާރީއެވެ.

ބްރެޒިލްގެ ކްލަބަށް ކުޅުމަށް ފަހު، ފެނާންޑީނިއޯ 2005 ވަނަ އަހަރު ބަދަލުވެފައި ވަނީ ޝަކްތަރު ޑޮނެސްކްއަށެވެ. އެ ކްލަބުގައި އޭނާ ގިނަ ކާމިޔާބީތަކެއް ހޯދިއެވެ. އޭގެ ތެރޭގައި ޔޫކްރެއިންގައި ކުރިއަށް ދިޔަ ހަ މުބާރާތެއް ކާމިޔާބު ކުރުމާއި 2009 ވަނަ އަހަރު ޔޫއެފާ ކަޕް ކާމިޔާބު ކުރުން ހިމެނެއެވެ.

މިނިންމުމާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށާއި ތިން ކްލަބުން ކެރިއަރު ނިންމާލުމުގެ ފުރުސަތު ލިބުމުން ހިތްހަމަ ޖެހެކަމަށެވެ. އަދި މިކަމުގައި އޭނާގެ އާއިލާއިން ދިން އެއްބާރު ލުމަށް ޝުކުރު އަދާކުރާކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *