ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު އަޙުމަދު ޝަކީލްގެ މައްޗަށް ހުށަހެޅުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޝަކީލްގެ މައްޗަށް ސުލޫކީ މައްސަލައެއް ހުށަހެޅުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަދި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީން ގޭ ބަންދަށް ބަދަލުކުރި މައްސަލައާ ގުޅިގެނެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނީ ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު އަޙުމަދު ޝަކީލްގެ ސުލޫކީ މައްސަލަ، ތަޙްޤީޤު ކުރެވި އެމައްސަލަ ސާބިތުނުވާކަމަށް އިއްޔެ ނިންމާފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ