ޑިޒައިން އެންޑް ބިލްޑް އުސޫލުން 15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް، އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. އެމަޝްރޫޢުތައް ހިންގުމަށް ހަވާލުކޮށްފައިވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އާއެވެ. މިމަޝްރޫޢުތައް އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
މަޝްރޫޢުތައް ކުރިއަށްގެންދާ ރަށްތަކާއި އަގުތައް:
1- އއ. ފެރިދޫގެ ފެނާއި ނަރުދަމާ: 69,325,662.41 ރުފިޔާ
2- ހިމަންދޫގެ ފެނާއި ނަރުދަމާ: 65,834,544.82 ރުފިޔާ
3- ކަމަދޫގެ ފެނާއި ނަރުދަމާ: 56,662,399.46 ރުފިޔާ
4- ބ. މާޅޮހުގެ ފެނާއި ނަރުދަމާ: 60,448,081.38 ރުފިޔާ
5- ހއ. މާރަންދޫގެ ފެނާއި ނަރުދަމާ: 72,808,185.71 ރުފިޔާ
6- ތަކަންދޫގެ ފެނާއި ނަރުދަމާ: 76,745,355.54 ރުފިޔާ
7- ހއ. ވަށަފަރުގެ ފެނާއި ނަރުދަމާ: 78,920,432.80 ރުފިޔާ
8- ހދ. ހިރިމަރަދޫގެ ފެނާއި ނަރުދަމާ: 69,140,251.05 ރުފިޔާ
9- ހދ. ކުމުންދޫގެ ފެނާއި ނަރުދަމާ: 102,170,029.15 ރުފިޔާ
10- ށ. ގޮއިދޫގެ ފެނާއި ނަރުދަމާ: 86,048,775.52 ރުފިޔާ
11- ނ. މާފަރުގެ ފެނާއި ނަރުދަމާ: 94,416,435.25 ރުފިޔާ
12- ނ. ފޮއްދޫގެ ފެނާއި ނަރުދަމާ 58,147,625.89 ރުފިޔާ
13- ރ. ފައިނުގެ ފެނާއި ނަރުދަމާ: 63,344,370.14 ރުފިޔާ
14- ޅ. އޮޅުވެލިފުށީގެ ފެނާއި ނަރުދަމާ: 80,082,362.13 ރުފިޔާ
15- އދ. ކުނބުރުދޫގެ ފެނާއި ނަރުދަމާ: 45,122,815.45 ރުފިޔާ
16- މަތިވެރީގެ ފެނުގެ ނިޒާމް: 38,829,270.78 ރުފިޔާ
17- ހއ. މުރައިދޫގެ ފެނުގެ ނިޒާމް: 46,850,266.20 ރުފިޔާ
18- ށ. ފީވަކުގެ ފެނުގެ ނިޒާމް: 49,603,418.19 ރުފިޔާ
19- ނ. ހެނބަދޫގެ ފެނުގެ ނިޒާމް: 41,360,972.02 ރުފިޔާ
20- ރ. އިންނަމާދޫގެ ފެނުގެ ނިޒާމް: 50,771,305.44 ރުފިޔާ
މިމަޝްރޫޢުތަކުގެ ޖުމްލަ އަގު 1,306,632,559.32 ރުފިޔާއަށް އަރައެވެ. މިމަޝްރޫޢުތަކުގެ ތެރެއިން ފެނާއި ނަރުދަމާ މަޝްރޫޢުތައް 18 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު، ފެނުގެ ނިޒާމުގެ މަޝްރޫޢުތައް 15 މަސް ދުވަހުގެތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.
މިއެއްބަސްވުމުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އެޅުމާއި، އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި އަދި ނަރުދަމާގެ ޕަމްޕް ސްޓޭޝަން ޤާއިމްކުރުމާއި، ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ޤާއިމްކޮށް އަދި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ. އަދި ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން ފެނުގެ ނިޒާމުގެ ވިޔުގަ އެޅުމާއި، އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި އަދި ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ޤާއިމްކޮށް އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ.
މި މަޝްރޫޢުތަކަކީ އެއް އަހަރުގެ މުއްދަތަށް ދައުލަތުން ފައިސާ ދައްކަން ނުޖެހޭ ގޮތަށް 4 އަހަރަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ކުރިއަށް ގެންދާ މަޝްރޫޢުތަކެއްކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. މިމަޝްރޫޢޫތަކުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤްވެ. އަދި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހެވެ.
ސަރުކާރުން ވަނީ އަންނަ އަހަރ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށުމަށް ބަޖެޓުގައި ހިމަނާފައެވެ. އަދި 2023 ވަނަ އަހަރުގެ ކުރިން ހުރިހާ މަޝްރޫޢޫއެއް ނިންމާ ޚިދުމަތްދޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ