ޢިލްމުވެރިންގެ ބާރު ކަނޑުވައެއް ނުލެވޭނެ: ޑރ.އިޔާޒު

ޢިލްމުވެރިންގެ ބާރު ކަނޑުވައެއް ނުލެވޭނެ: ޑރ.އިޔާޒު

Author
މުޙައްމަދު ޝަޒައިމް
24 ޖޫން 2022 08:15
0

ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ބާރު ކަނޑުވާލަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ ކަމުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒު މިހެން ވިދާޅުވީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ގަލޮޅު ބޯޅަ ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ބައެއް ދީނީ ޢިލްމުވެރިން ފުލުހުން ހައްޔަރު ކުރަމުންދާ ދަނޑިވަޅެއްގައި ބައެއް ފަރާތްތަކުން އިލްމުވެރިންނަށް ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.

ޑރ.އިޔާޒު ވިދާޅުވީ ހާލަތުގެ ބޭނުން ހިފައި، ލާދީނީ ފަރާތްތަކުން ދީނީ އިލްމުވެރިންގެ އަގު ވައްޓާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިފަދަ ފަރާތްތަކުން ކުރާ މަސައްކަތްތަކަކީ ކާމިޔާބު ވާނެ މަސައްކަތެއް ނޫންކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ. އަދި އިލްމުވެރިންގެ ބާރު ކަނޑުވާލުމަށް ކުރެވޭ މަސައްކަތް ކާމިޔާބު ނުވާނެކަމީ ޔަގީންވާ ކަމެއްކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.

ހާލަތުގެ ފައިދާ ނަގައިގެން ލާދީނީ ފަރާތްތަކުން ޢިލްމުވެރިންގެ އަގު ވައްޓާލާ، މަރުގެ އިންޒާރުދީ، ޢިލްމުވެރިންގެ ބާރު ކަނޑުވާލަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެ ޔޯގާ ހަރަކާތުގެ ސަބަބުން ހިނގައިދިޔަ ހަމަ ނުޖެހުންތަކާއި ގުޅުންހުރި ކަމަށްބުނެ، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ކަމުގައިވާ ޝައިހް އާދަމް ނިޝާން އަދި ޝައިހް ފަޟްލޫން މުޙައްމަދު ވަނީ ހައްޔަރުކޮށްފައެވެ. އަދި މިދަނޑިވަޅުގައި ރާއްޖޭގެ ބައެއް އިލްމުވެރިންނަށް ބިރު ދައްކަމުންދާ މައްސަލަތައްވެސް އަންނަނީ ރިޕޯޓްކުރަމުންނެވެ. ދީނީ އިލްމުވެރިންގެ އަގުވައްޓާލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް ގިނަ ބަޔަކު ދަނީ އިލްމުވެރިންގެ މަސައްކަތަށް ތައުރީފް ކުރަމުންނެވެ.

ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން މިހަމަނުޖެހުންތަކާއި ގުޅިގެން ވިދާޅުވަމުންދަނީ، އިލްމުވެރިންނަކީ ޤައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރާނެ ބައެއް ނޫންކަމަށެވެ. އަދި އެފަދަ ޖާގައެއްވެސް އިލްމުވެރިން ނުދެއްވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މިސަރުކާރަކަށް ހަޖަމެއްނުކުރެވޭނެ އިސްލާމްދީނުގެރިވެތިއުޞޫލްތަކެއް.އެއުޞޫތަކަށް މިސަރުކާރުގެ ބޮޑުން ވަރަށް ބީރަށްޓެހިވާނެ.
ކ ކުރޮޅި
އިލްމް ވެރިންނަކީ ކޮބާ ކަމާމެދުވެސް ސުވާލު އުފެދޭ. އިސްލާމީ ޔުނިވަރސިޓީއަކުން ކިޔަވާ ކޮންމެ މީހަކީ ދީނީ ތައުލީމް ލިބިފައިވާ މިހާކަށް ނުވާނެއެވެ. ކީރިތި ގުރުއާންގެ އިލްމުން ނުވަތަ ކޮމްޕެރޭޓިވް ރިލިޖަސް ނުވަތަ އިސްލާމީ ފިގުހުން މިބާވަތުގެ އިލްމުން ތައުލީމް ހާސިލުކޮށްފައިވާ މީހުންނަށް އާންމުކޮށް ދީނީ ނަސޭހަތް ދެވެނެޖެހޭނީ. އަލީ ރަމީޒުމެން ފަދަ މީހުންނަށް ދީނުގެ ކަންކަމުގަ ބަސް ބުނެ އުޅުމަކީ ދެރަކަމެކެވެ. އަނެއްކާ އިމްވެރިންގެ ގޮތުގަ ތިބެ ފިތުނަ އުފެއްދުމާ ހަމަނުޖެހުމަށް މަގުފަހިވާކަންކަން ކުރުމަކީ އިލްމްވެރިންނަށްވެސް ހުތުރެކެވެ.
ރ ރައްވެރިޔާ
ޢިލްމު ވެރީންގެ ބާރު ކަނޑުވާލާާފާ ޝިރުކުގެ ޢަމަލު ކުރާއިރުވެސް ތިބުނަނީ އިލްމުވެރީންގެ ބާރު ނުކެޑޭނެޔޭ ކީކޭތަ ތިކިޔަނީ އަޅެ