ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ގާނޫނީ ވަކީލް އަހުމަދު ނާޒިމް އަބްދުއްސައްތާރު ކަމަށްބެލެވޭ މީހަކު އެއްޖިންސުން ގުޅުންހިގަނިކޮށް ދައުރުވަމުންދާ ވީޑިއޯއަށް އޭނާ ދެކޮޅު ހަދައިފިއެވެ.
އެވީޑިއޯ އިން ފެންނަ ގޮތުގައި ނާޒިމް ސައްތާރާއި އެހެން ފިރިހެނަކު މާލޭގެ ގެއެއްގައި އެއްޖިންސުން ގުޅުން ހިނގާތަން ފެނެއެވެ. ލީކުވެފައިވާ ވީޑިއޯއިން އެއީ ނާޒިމް ސައްތާރުކަން ވަރަށް ސާފުކޮށް ފެނެއެވެ. މި ވީޑިއޯ ވަނީ ރާއްޖޭގެ ވަރަށް ގިނަ މީޑިއާ ތަކާއި ޝައިޚުންނަށް ފޮނޮވައިފައެވެ.
ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާ ނާޒިމަކީ ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ކިޔަވައިދޭންވެސް ދާ މީހެއްކަން ފާހަގަކުރެވެއެވެ. އެ ވީޑިއޯއިން ފެންނަނީ އެނާ ނޫންކަމަށް ނާޒިމް ބުނި ނަމަވެސް އެ ވީޑިއޯގެ ސްކްރީންޝޮޓްތައްވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
ދައުރުވަމުންދާ ވީޑިއޯއާއި ގުޅިގެން ނާޒިމް ވަނީ އެއީ އެޑިޓެއް ކަމަށް ބުނެފައެވެ. އަދިމިއީ އަގުވައްޓާލުމަށް ހިންގާ ވަރަށް ބޮޑު ޖަރީމާއެއްގެ ގޮތުގައި ނާޒިމް ވަނީ ސިފަކޮށްފައެވެ.
އޭނާއަށް ހައްގު އަދަބު ދިނުމުގެ އިތުރުން އޭނާއަށް ބާ ކައުންސިލުން ދޫކޮށްފައިވާ ވަކީލުކަން ކުރުމުގެ ހުއްދަ އަތުލުމަށްވެސް އެތައް ބަޔަކު ވަނީ ގޮވައިލާފައެވެ. އެކަމަކު އެ މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރުވެސް ފުލުހުން އެކަމާ ގުޅިގެން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ