ސަރުކާރުން ހެދީ ވަރަށް ބޮޑު ގޯހެއް: އަލީ އާޒިމް

ސަރުކާރުން ހެދީ ވަރަށް ބޮޑު ގޯހެއް: އަލީ އާޒިމް

Author
މުޙައްމަދު ޝަޒައިމް
23 ޖޫން 2022 08:42
0

ޔޯގާ އިވެންޓު ބޭއްވުމަކީ އެންމެ ފުރަތަމަ ހިންގުނު ގޯސް ކަމަށްވިދާޅުވެ، ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ދެއްކެވި ވާހަތަކަށް ތާއީދު ކުރައްވައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޓުވީޓު ކުރައްވައިފިއެވެ.

މިހަރަކާތާއި ދެކޮޅަށް އަންގާރަ ދުވަހު ހިނގި ހަމަނުޖެހުމާއި ގުޅިގެން ޝައިޚު ޒައިދު ވިދާޅުވީ، ފުރަތަމަ ގޯހަކީ ޔޯގާ އިވެންޓް ބޭއްވުންކަމަށެވެ. މިއާއިއެކު ތަޅާފޮޅާ ހަމަނުޖެހުން ހިންގުމަކީވެސް ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ. މުންކަރާތެއް ހިނގާނަމަ އެކަމާއި ދެކޮޅަށް އަޑު އުފުލުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއްކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ. އަދި އެފުރުސަތު ދޭންޖެހޭކަމަށްވެސް ޝައިޚު ވިދާޅުވިއެވެ.

ޝައިޚު އަލީ ޒައިދުގެ ވާހަކަތަކަށް ތާއީދު ކުރައްވައި އާޒިމް ވިދާޅުވީ ސަރުކާރުން މިކަމުގައި ބޮޑެތި ގޯސްތައް ހަދާފައިވާކަމަށެވެ. އަޒިމް ވިދާޅުވި ގޯސްތަކަކީ ދީނީ ގިނަ އިލްމުވެރިންގެ ބަސް ސަރުކާރުން ގަބޫލު ނުކުރައްވައި، ޔޯގާ ހަރަކާތް ބޭއްވުމެވެ. އާޒިމް ވިދާޅުވީ "މުސްކުޅިން ބުނެއުޅޭ ބެދޭމަޅިއެއް ނުފެންނާނޭ" ކަމަށެވެ.

ހަގީގަތުގަވެސް ސަރުކާރުން އެހެދީ ވަރަށްބޮޑު ގޯހެއް. މުސްކުޅިން ބުނެއުޅޭ ބެދޭމަޅިއެއް ނުފެންނާނޭ.

– އާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ޔޯގާ އިވެންޓު ނުބޭއްވުމަށް ތަކުރާރުކޮށް ސަރުކާރާއި ކަމާއި ގުޅުންހުރި އިދާރާތަކުގައި ދެންނެވި ނަމަވެސް، އަންގާރާ ދުވަހު ވަނީ މިއިވެންޓު ބާއްވަން މަސައްކަތް ކޮށްފައެވެ. އިވެންޓު ބޭއްވުމަށް ރަސްފަންނު ނުދިނުމުން މިއިވެންޓު ބާއްވަން މަސައްކަތް ކުރީ ގަލޮޅު ދަނޑުގައެވެ. ދަނޑުގައި އެހަރަކާތް ހިންގުމަށް ނިންމުމުންވެސް އެއީ ދީނީ ގޮތުން ރަނގަޅު ކަމެއް ނޫންކަމަށް ބުނެ ތަކުރާރުކޮށް އިލްމުވެރިން ދިޔައީ މިކަން ނުކުރުމަށް ސަރުކާރަށް ދަންނަވަމުންނެވެ.

ސަރުކާރުން ޔޯގާ ހަރަކާތުގެ ހަމަނުޖެހުން ތަކާއި ގުޅިގެން ބައެއް ދީނީ އިލްމުވެރިންނާއި، އާންމުން ހައްޔަރު ކުރަމުންދާއިރު، މިކަމުގައިވެސް ފުލުހުން އަމަލު ކުރަމުންދާ ގޮތަކަށް ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވަމުންނެވެ. ޚާއްސަކޮށް ޔޯގާ އިވެންޓުގައި ގިނަ އަދަދެއްގެ ޑިޕްލަމެޓުން ބައިވެރިވިއިރު، ސަލާމަތީ ބާރުތަކުން އެޖާގަ ދިނީކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިކަމާއި ގުޅިގެން ދީނީ އިލްމުވެރިނާ ޝައިޚު ނިޝާން ހައްޔަރު ކޮށްފައިވަނީ ދަރިފުޅު ގޮވައިގެން ނަމާދަށް ދިޔަ މަގުމަތީގައި ކަމަށްވުމުން، މިކަމާއި ގުޅިގެން ގިނަބައެއްގެ ފާޑު ކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.