ޔޯގާ ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި ދީނީ ޢިލްމުވެރިންގެ ދިފާޢުގައި އިހްތިޖާޖުކުރަން ނިންމައިފިއެވެ.
ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުންހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ޝެއިޚް އާދަމް ނިޝާންއާއި ޗައިޚް ފަޟްލޫން ބިން މުޙައްމަދުގެ އިތުރުން ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް (43އ) އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން (37އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ) އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް (40އ) އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން (47އ) އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދު (35އ) އެވެ.
އެމީހުން މިނިވަންކުރުމަށް ދޫކޮށްލާ ސުލްހަވެރި އިހްތިޖާޖުކުރުމަށް ނިންމާފައިވަނީ މ ިއަދު ހަވީރު އަސްރު ނަމާދަށްފަހު އަތޮޅުވެހި ކައިރީގައެވެ.
Shiruka dhekolhah nukuthumun nuhaqqun jalah laafaiva haqqubas vidhaalhuvi aharumenge sheikhunnaai hiyvvarugadha zuvaanun #MinivanKurey govaala sulhaveri evvumakah enmeha akhunnah ukthunnah dhauvath aruvan
📍 Atholhuvehi
🗓️ 23 June 2022 (Today)
🕒 After Asr Prayer#DefendIslam pic.twitter.com/hj7nuFNJgk— Kab al-Ansārī ✍️ #IndiaOut (@maldeviantx) June 23, 2022
އައްޝައިޚް ފަޟްލޫން މުޙައްމަދުއާއި، އައްޝައިޚު އާދަމް ނިޝާންގެ ހުއްދަ ހިފަހައްޓާފައިވަނީ އަންގާރަދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ޢަމާޒުކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ބަންދުކޮށްފައިވާ ސަރަޙައްދަކަށް ވަދެ ދަޢުލަތުގެ މުދަލަށް ގެއްލުންދިނުމުގެ މައްސަލައިގައި އެ ދެ ޝައިޚުންގެ މައްޗަށް ޖިނާޢީ ތަޙްޤީޤެއް ކުރަމުންދާކަން ފުލުހުން އަންގާފައިވާތީކަމަށް މިނިސްޓްރީން ބުންޏެވެ.
ފުލުހުން ތަޙުޤީޤުކުރަމުންދާ މައްސަލައިގައި ވަޒީރުންނާއި ޢިއްޒަތްތެރިން އަދި އެކުވެރި ދަޢުލަތްތަކާއި ބައިނަލްއަޤްވާމީ ޖަމާތްތަކުގެ ޑިޕްލެމެޓުންނާއި މަންދޫބުންނަށް ޙަމަލާދީ ހަމަނުޖެހުން ހިއްގި އެއްވުމަށް ދަޢުވަތުދީ، އެ އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާތީއާއި އެ ހަމަނުޖެހުން ހިންގައިގެން ހައްޔަރުކުރި ފަރާތްތަކުގެ ޢަމަލުުތަކަށް ހިތްވަރުދީ އެ ޢަަމަލުކުތައް ދިފާޢުކޮށްފުކުރުން ހިމެނެއެވެ.
މީގެ އިތުރަށް އައްޝައިޚް ފަޟްލޫން މުޙައްމަދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަރާތްތަކުގެ މައްޗަށް ޖިނާއީ ޢަދުލުހުގެ ނިޒާމުގެ ތެރެއިން ފިވަޔަޅު އެޅުއްވި، ފަނޑިޔާރުންނަށް ނިސްބަތްކޮށް ތަކްފީރުގެ ސީޣާއިން މީސްމީޑިއާގައި މުޚާތަބުކޮށްފައިކަންވެސް އެނގެން އޮތްކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. ހުއްދަ ހިފަހައްޓާފައިވަނީ މި ތަޙުޤީޤުތައް ކުރިއަށްދާތީކަމަށް މިނިސްޓްރީިން ބުނުޏެވެ.
އިސްލާމް ދީނުގެ ނަމުގައި، މަދުބަޔަކު ހިންގާ ނޭއްގާނީ އަމަލުތަކުގެ ނާޖާއިޒް ފައިދާ ނަގައި އިސްލާމް ދީނަށާއި، ދީނީ އިލްމުވެރިންނަށް ނިސްބަތްކޮށް ބަދުބަސް ބުނުމާއި، މަދު ބަޔަކު ހިންގާ ހަރުކަށި އަމަލުތަށް ދީނީ އިލްމަށް ނިސްބަތްވާ އެންމެންގެ ބޮލުގައި އެޅުވުމަށް މަސައްކަތް ކުރަމުން އަންނަ އައުން މިނިސްޓްރީއިން ވަނީ ކުށްވެރިކޮށްފައެވެ.
މުޖްތަމަޢުގައި އިލްމުވެރިންނަށް ދެފައިވާ ގަދަރާއި ހައިބަތު ކުޑަކުރުމަކީ ހަރުކަށިކަމަށް ހުޅުވައިލެވޭ ދޮރެއްކަމަށްވެސްވަނީ ބުނެއެވެ. ދީނުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ޝަރުއީ ރިވެތި އުސޫލުތަކާއި މިންގަނޑުތައް ހިފެހެއްޓުމަށް އެންމެހާ އިލްމުވެރިންނަށް އިސްލާމިކް މިނިސްޓްރީއިންވަނީ ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ