ރާއްޖެ އަކީ އާމުކޮށް ހޫނު ގައުމެކެވެ. އިރުގެ ދިލަ ހޫނުން ފިހޭވަރުވާ ގައުމެކެވެ. އާންމު ގޮތެގައި ރާއްޖޭގެ ފިނި ހޫނުމިން ހުންނަނީ އެއް ވަރެއްގައި ހިފެހެއްޓިފައެވެ.
އިރުގެ ހޫނު ނުވަތަ އިރުގެ އަވީގެ ސަބަބުން ހަންގަޑަށް ތަފާތު މައްސަލަތައް ދިމާވެއެވެ. އެހެން ކަމުން އަވިން ރައްކާތެރި ވުމަކީ މުހިންމު ކަމެކެވެ.
ކިތަންމެ ހޫނު ގަދަ ކަމުގައިވިޔަސް ބޭރަށް ނުނިކުމެ އުޅެވޭކަށް ނޯވެއެވެ. އެހެން ކަމުން ހޫނާއި އަވިން ރައްކާތެރި ވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި މި ފަދަ ހޫނު ދުވަސްކޮޅެއް ގައި ގިނަ ގިނައިން ފެންބުއިމަކީ ވަރަށް މުހިންމު ކަމެކެވެ.
އާންމު ދިރިއުޅުމުގައިވެސް އެންމެ ބޮޑަށް ހަށިގަނޑަށް ބޭނުންވާ އެކައްޗަކީ ފެނެވެ. އެހެން ކަމުން ހޫނު ގަދަ ދުވަސްތަކުގައި ފެން ބުއިން އިތުރުކޮށްލާށެވެ.
މީގެ އިތުރުން ދިޔާ އެއްޗެހި ބޭނުންކުރާ މިންވަރު އިތުރުކުރުން މުހިންމެވެ. ތަފާތު ވައްތަރު ޖޫސް އަދި ރާއްޖޭން އާންމުކޮށް ލިބެން ހުންނަ ކުރުނބާ އަކީވެސް އޭގައި ތަފާތު އެއްތައް ފައިދާތަކެއް ހުންނައެއްޗެކެވެ.
އާންމުގޮތެއްގައި ހޫނު މުސުމަށް ބޭރުގަމުތަކުގައި ހާއްސަ ބުއިމެއްގެ ގޮތުގައި 'ލެމަނޭޑް' ނުވަތަ ލުބޯ ފެން ބޭނުން ކުރެއެވެ. މީގެ އިތުރުންވެސް ތަފާތު ވައްތަރުގެ ޑިޓޮކްސް ވޯޓާ އަކީ ރަނގަޅު އެއްޗެކެވެ.
ގެއިން ބޭރުގައި އުޅޭ ވަގުު ވީހާ މަދުކޮށްލުމަކީ ވެސް އިރުގެ ގަދަ ހޫނުން ސަލާމަތް ވުމަށް ކުރެވިދާނެ ކަމެކެވެ.
އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކޮށްލަން ޖެހެނީ ސަން ސްކްރީންއެވެ. އާއިލާގެ ބޮޑެތި މީހުނަށް ވަކިން އަދި ކުޑަކުދިންނަސް ވަކިން މިހާރު ތަފާތު ބްރޭންޑްތަކުން ސަން ސްކްރީން އަންނަނީ ތައްޔާރު ކުރަމުންނެވެ.
ސަން ސްކްރީން ގަންނަ އިރު އެމީހެއްގެ ހަންގަނޑާއި އެންމެ ގުޅޭ ވައްތަރެއް ގަތުމަށް އިސްކަން ދިނުން މުހިންމެވެ.