ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސްއެޅި މައްސަލާގައި ދީނީ ޢިލްމުވެރިޔާ ޝައިޚް ފަޟްލުން ބިން މުޙައްމަދު ރޭ ހައްޔަރުކުރުމުގެ ކުރިން، ވަރުގަދަ މެސެޖެއް ފަނޑިޔާރުންނަށް ދެއްވައިފިއެވެ.
އަންގާރަދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ޢަމާޒުކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ބަންދުކޮށްފައިވާ ސަރަޙައްދަކަށް ވަދެ ދަޢުލަތުގެ މުދަލަށް ގެއްލުންދިނުމުގެ މައްސަލައިގައި ޝެއިޚް ފަޟްލޫންނާއި، ޝެއިޚް އާދަމް ނިޝަން ރޭ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ޝައިޚް ފަޟްލޫން ހައްޔަރުކުރުމުގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވަނީ ފަނޑިޔާރުންނަށް ވަރުގަދަ މެސެޖެއް ދެއްވާފައެވެ. ނަރަކައިގެ މުއްދަތު ޖެހިގެންދާނީ އަބަދުގެ އަބަދަށްކަމަށް ޝެއިޚް ވިދާޅުވިއެވެ.
ޝިރުކާ ދެކޮޅަށް ތެދުވިކަމަށްޓަކައި މުޥައްޙިދުންގެ މައްޗަށް ދުނިޔެމަތީ ބަންދުގެ މުއްދަތު ޖެހި މީހުން ދަންނާށެވެ!
إن شاء الله ޤިޔާމަތްދުވަހު ކަލޭމެންގެ މައްޗަށް ނަރަކައިގެ މުއްދަތު ޖެހިގެންދާނީ އަބަދުގެ އަބަދަށެވެ.— Fazloon Bin Muhammad (أبو عبد الرحمن الملندوي) (@fzlunx) June 22, 2022
އައްޝައިޚް ފަޟްލޫން މުޙައްމަދުއާއި، އައްޝައިޚު އާދަމް ނިޝާންގެ ހުއްދަ ހިފަހައްޓާފައިވަނީ އަންގާރަދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ޢަމާޒުކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ބަންދުކޮށްފައިވާ ސަރަޙައްދަކަށް ވަދެ ދަޢުލަތުގެ މުދަލަށް ގެއްލުންދިނުމުގެ މައްސަލައިގައި އެ ދެ ޝައިޚުންގެ މައްޗަށް ޖިނާޢީ ތަޙްޤީޤެއް ކުރަމުންދާކަން ފުލުހުން އަންގާފައިވާތީކަމަށް މިނިސްޓްރީން ބުންޏެވެ.
ފުލުހުން ތަޙުޤީޤުކުރަމުންދާ މައްސަލައިގައި ވަޒީރުންނާއި ޢިއްޒަތްތެރިން އަދި އެކުވެރި ދަޢުލަތްތަކާއި ބައިނަލްއަޤްވާމީ ޖަމާތްތަކުގެ ޑިޕްލެމެޓުންނާއި މަންދޫބުންނަށް ޙަމަލާދީ ހަމަނުޖެހުން ހިއްގި އެއްވުމަށް ދަޢުވަތުދީ، އެ އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާތީއާއި އެ ހަމަނުޖެހުން ހިންގައިގެން ހައްޔަރުކުރި ފަރާތްތަކުގެ ޢަމަލުުތަކަށް ހިތްވަރުދީ އެ ޢަަމަލުކުތައް ދިފާޢުކޮށްފުކުރުން ހިމެނެއެވެ.
މީގެ އިތުރަށް އައްޝައިޚް ފަޟްލޫން މުޙައްމަދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަރާތްތަކުގެ މައްޗަށް ޖިނާއީ ޢަދުލުހުގެ ނިޒާމުގެ ތެރެއިން ފިވަޔަޅު އެޅުއްވި، ފަނޑިޔާރުންނަށް ނިސްބަތްކޮށް ތަކްފީރުގެ ސީޣާއިން މީސްމީޑިއާގައި މުޚާތަބުކޮށްފައިކަންވެސް އެނގެން އޮތްކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. ހުއްދަ ހިފަހައްޓާފައިވަނީ މި ތަޙުޤީޤުތައް ކުރިއަށްދާތީކަމަށް މިނިސްޓްރީިން ބުނުޏެވެ.
އިސްލާމް ދީނުގެ ނަމުގައި، މަދުބަޔަކު ހިންގާ ނޭއްގާނީ އަމަލުތަކުގެ ނާޖާއިޒް ފައިދާ ނަގައި އިސްލާމް ދީނަށާއި، ދީނީ އިލްމުވެރިންނަށް ނިސްބަތްކޮށް ބަދުބަސް ބުނުމާއި، މަދު ބަޔަކު ހިންގާ ހަރުކަށި އަމަލުތަށް ދީނީ އިލްމަށް ނިސްބަތްވާ އެންމެންގެ ބޮލުގައި އެޅުވުމަށް މަސައްކަތް ކުރަމުން އަންނަ އައުން މިނިސްޓްރީއިން ވަނީ ކުށްވެރިކޮށްފައެވެ.
މުޖްތަމަޢުގައި އިލްމުވެރިންނަށް ދެފައިވާ ގަދަރާއި ހައިބަތު ކުޑަކުރުމަކީ ހަރުކަށިކަމަށް ހުޅުވައިލެވޭ ދޮރެއްކަމަށްވެސްވަނީ ބުނެއެވެ. ދީނުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ޝަރުއީ ރިވެތި އުސޫލުތަކާއި މިންގަނޑުތައް ހިފެހެއްޓުމަށް އެންމެހާ އިލްމުވެރިންނަށް އިސްލާމިކް މިނިސްޓްރީއިންވަނީ ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ