ނޯވޭ މެޗު ސަރުކާރުން ހުއްޓުވައިފި

ނޯވޭ މެޗު ސަރުކާރުން ހުއްޓުވައިފި

ގުޅުންހުރި

ޔޫއެފާ ނޭޝަންސް ލީގުގައި މިރޭ ރޫމޭނިޔާ އާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗު އެގައުމުގެ ސަރުކާރުން ހުއްްޓުވައިފިއެވެ.

މިމެޗަށް ނޯވޭގެ ގައުމީ ފުޓްބޯޅަ ޓީމު ފުރަން ތައްޔާރުވެފައި ވަނިކޮށް ނޯވޭގެ ސިއްހީ އިދާރާތަކުން އެ ޓީމު ގުރުން ހުއްޓުވާފައެވެ. ނޯވޭގެ ސަރުކާރުން އެ ގައުމުގެ ފުޓްބޯޅަ ޓީމު ދަތުރުކުރުން މަނާކޮށްފައި މިވަނީ އެ ޓީމުގެ ކުޅުންތެރިންގެ ކޯވިޑް ޓެސްޓް ހެދިއިރު އެއް ކުޅުންތެރިއަކު ކޯވިޑަށް ޕޮޒިޓިވް ވުމުންނެވެ.

ނޯވޭގެ ގައުމީ ޓީމު ފުރުން މަނާކުރުމާ ގުޅިގެން މިރޭ ކުޅެން ހަމަޖެހިފައި އޮތް ނޭވޭ އާއި ރޫމޭނިއާގެ މެޗު މިހާރު ވަނީ ފަސްކޮށްފަ އެވެ. ނޯވޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ގައުމީ ޓީމުފައި ހިމެނޭ ގަލަޓަސަރާއީގެ ޑިފެންޑަރު އޮމަރު ކޯވިޑަށް ޕޮޒިޓިވް ވިކަން ހުކުރު ދުވަހު ކަށަވަރުކޮށްދީފަ އެވެ.

އޭނާ ވަނީ އެހެން ކުޅުންތެރިންނާ ވަކިން އައިސޮލޭޝަންގައި ބަހައްޓާފައި ހުރި ކަމަށެވެ.  އެހެން ނަމަވެސް ނޯވޭގެ ސިއްހަތާ ބެހޭ އިދާރާއިން އަންގައިފައިވަނީ މުޅި ޓީމު އައިސޮލޭޝަންގައި ތިބުމަށެވެ. މެޗު ފަސްކުރަން ނިންމި ނަމަވެސް މެޗު ކުޅެވޭ ހާލަތެއް ނުފެނިއްޖެނަމަ ރުމޭނިޔާއަށް ތިން ޕޮއިންޓު ލިބިގެންދާނެއެވެ.

ޔޫއެފާ ނޭޝަންސް ލީގުގެ ބީ ކެޓަގަރީގަ ވާދަކުރަމުން އަންނަ ނޯވޭ މިވަގުތު އޮތީ ނުވަ ޕޮއިންޓާއެކު ޓޭބަލްގެ ދެވަނައިގަ އެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ޓޭބަލްގެ އެއްވަނައިގައި އޮތީ އޮސްޓްރިއާ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *