ވާނާގެ ދެލަނޑުން މޮޅުވެ ޖަރުމަނު ގުރޫޕްގެ އެއްވަނައަށް

ވާނާގެ ދެލަނޑުން މޮޅުވެ ޖަރުމަނު ގުރޫޕްގެ އެއްވަނައަށް

ގުޅުންހުރި

ނޭޝަންސް ލީގުގައި ޖަރުމަނާ ޔުކްރެއިން ވާދަކުރި މެޗުގައި ފަހަތުން އަރައި ތިން ލަނޑުޖަހައި ޖަރުމުނުން ގުރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީ ޔުކްރެއިނުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 11 ވަނަ މިނިޓުގައި ރޯމަން ޔަރަމްޗުކްއެވެ. މެޗުގައި ޖަރުމަނުން ނަތީޖާ ހަމަހަމަކުރީ ލިރޮއީ ސާނޭއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓިމޯވާނާގެ ލަނޑުން ޖަރުމަނުން ލީޑް ނެގިއިރު މެޗުގައި ޖަރުމަނުން ލީޑް އިތުރަށް ފުޅާކުރީ ދެވަނަހާފުގައި ވާނާ ކާމިޔާބުކުރި ލަނޑުންނެވެ.

ވާނާ ވަނީ އެންމެފަހުން ޖަރުމަނު ކުޅުނު ފަސްމެޗުގައިވެސް ލަނޑުޖަހާފައެވެ. މިއީ 17 ދުވަހުގެ ތެރޭގައި ވާނާ ޖެހި ހަތްވަނަ ލަނޑެވެ. މިނަތީޖާ އެކު ޖަރުމަނުން ގުރޫޕްގެ އެއްވަނައިގައި އޮތީ ދެވަނަގާއިވާ ސްޕެއިންނަށް ވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެން 9 ޕޮއިންޓާއެކުގައެވެ. އަންގާރަ ދުވަހުގެރޭ ސްޕެއިންނާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮއްގެން ޖަރުމަނު މުބާރާތުގެ ފައިނަލުބުރުން ޖާގަ ޔަގީން ވެގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *