ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ފުރަތަމަފަހަރަށް ވާރޗުއަލްކޮށް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޞާއްވާ ވާރޗުއަލް ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް އަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށާއި، މިއީ ބަލައިގެން ކިޔެވުމުގެ މުބާރާތެއްކަމަށެވެ. ހޯމަދުވަހުގެ ހެނދުނު 09:30ގައި އިސްލާމީ މަރުކަޒު ހޯލްގައި ފަށާ މިމުބާރަތް ޝަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމެވެ. އޮޑިޝަން ބުރަކާއި ފައިނަލް ބުރެއް ހިމެނޭގޮތަށް ދެ ބުރަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރަތް މިހާތަނަށް ބޭއްވިފައިނުވަނީ ކޯވިޑް-19އާއި ގުޅިގެންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހޯމަ ދުވަހުފަށާ ޤުރުއާން މުބާރާތް އިފްތިތާހްކުރުމަށްފަހު މުބާރާތުގައި ބައިވެރިކުރަން ބޭނުންވާ ވީޑިއޯތައް ފޮނުވުމަށް ހުޅުވާލާނެކަމަށެވެ. އެގޮތުން ވީޑިއޯ ފޮނުވުމަށް 10 ދުވަސް ދިނުމަށް ހަމަޖެހިފައިވެއެވެ. މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގައި ތިބި ދިވެހި ކުދިންނަށްވެސް ބައިވެރިވެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 80 މާކްސްއަށްވުރެ މަތިން މާކްސް ލިބޭ ހުރިހާ އެންމެން ފައިނަލް ބުރަށް ދަތުރުކުރާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން މަޢޫލޫމާތުދެއެވެ.
މިފަހަރުގެ މުބާރާތް ބޭއްވުން ލަސްވެފައިވާއިރު، ކުރީގެ އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް ވަނީ ވާރޗުއަލްކޮށް މުބާރާތްބެއްވުމަށް ގޮވާލާފައެވެ. ޝަހީމް ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް މިއަހަރު ބޭއްވިފަ ނުވަނީ ކޮވިޑާ ގުޅިގެން ނަމަ، ނުބޭއްވުމުގެ ބަދަލުގައި އޮންލައިންކޮށް ވަކި އުޞޫލަކުން ބޭއްވުން މުހިންމުކަމަށެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް މިއަހަރު ބޭއްވިފަ ނުވަނީ ކޮވިޑާ ގުޅިގެން ނަމަ، ނުބޭއްވުމުގެ ބަދަލުގައި އޮންލައިންކޮށް ވަކި އުޞޫލަކުން ބޭއްވުން މުހިންމު. އަމިއްލަ ނޫސް ޕޭޖްތަކާއި ޗެނަލްތަކުންވެސް އެތައް ސަތޭކަ ކުދިން ބައިވެރިވެގެން މުބާރާތްތައް ބޭއްވި.
-ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ވީމާ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް މެދުކަނޑާނުލައި އޮންލައިންކޮށް ބޭއްވުމުގެ ޤާބިލްކަން ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގައި ހުންނާނެ ކަމަށް ޔަޤީންކުރަން.
— Mohamed Shaheem Ali Saeed (@Mohamedshaheem1) November 13, 2020
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް މެދުކަނޑާނުލައި އޮންލައިންކޮށް ބޭއްވުމުގެ ޤާބިލްކަން ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގައި ހުންނާނެ ކަމަށް ޔަޤީންކުރައްވާކަމަށްވެސް ކުރީގެ އިސްލާމިކް މިނސިްޓަރ އަދި ޤައުމީ ޤުރުއާން މުބާރާތް ބޭއްވުމުގައި އިސްދައުރެއް މީގެކުރިން އަދާކުރައްވާފައިވާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢިދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ