ރައްޔިތުންގެ އުދާސްތައް މިހާރު ހިފަހައްޓަނީ ފުލުހުންގެ ބެރިކޭޑުތަކުން: ޔާމީން

ރައްޔިތުންގެ އުދާސްތައް މިހާރު ހިފަހައްޓަނީ ފުލުހުންގެ ބެރިކޭޑުތަކުން: ޔާމީން

Author
މުޙައްމަދު ޖިމީ
11 މެއި 2022 12:15
0

ރައްޔިތުންގެ އުދާސްތައް މިހާރު ހިފަހައްޓަނީ ފުލުހުންގެ ބެރިކޭޑުތަކުންކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ކުރެއްވި ޓްވީޓެއްގައި ވަނީ ބަޔަކު އުންމީދުވެސް ނުކުރާ މިންވަރަށް ސަރުކާރުން ވައުދުތައް ފުއްދަވައިފިކަމަށް ވިދާޅުވެ ސަރުކާރަށް މަލާމާތްކުރައްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ އުދާސްތައް ހިފަހައްޓަނީ ފުލުހުންގެ ބެރިކޭޑުންކަމަށާއި، ފާޑު ކިޔުންތަކާއި ރައްޔިތުންގެ ނުރުހުން އަމާޒުވެފައިވާ ރައީސް އިބްރަހިމް މުހައްމަދު ޞާލިޙް އުޅުއްވަނީ މީޑިއާތަކަށް ފިއްލަވައިގެންކަމަށެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، އެމަނިކުފާނު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޓްވީޓްކުރައްވަމުންނެވެ.

ރައްޔިތުންގެ އުދާސްތައް މިހާރު ހިފަހައްޓަނީ ފުލުހުންގެ ބެރިކޭޑުތަކުންކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު، އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅުން ރައީށް ޔާމީން އިސްވެ ހިންގާ އެ ހަރަކާތް ކުރިއަށް ނުގެންދެވޭނެކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި އެ ހަރަކާތްތައް ހިންގަވާ ދުވަސްތަކުގައި ބެރިކޭޑް ޖަހައި ބޮޑޫ ސަރަހައްދެއްވެސް ފުލުހުން ބަންދުކުރެއެވެ.

އެ ހަރަކާތް ހުއްޓުވުމަށް ރައީސް ޞާލިޙް ވަނީ ރިޔާސީ ޢަމުރެއް ނެރުއްވާފައެވެ. ނަމަވެސް އެ ޢަމުރަށް ގޮންޖަހާ އިދކޮޅުން އެ ހަރަކާތް އަދިވެސް ކުރިއަށް ގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.