ރާއްޖޭގައި އިންޑިއާގެ މަނަވަރަކާއި، 4 ބޯޓު ހަރަކާތްތެރިވޭ: އެމްއެންޑީއެފް

ރާއްޖޭގައި އިންޑިއާގެ މަނަވަރަކާއި، 4 ބޯޓު ހަރަކާތްތެރިވޭ: އެމްއެންޑީއެފް

Author
ޢަލީ އާދަމް
07 މެއި 2022 03:03
0

ރާއްޖެގެ ކަނޑުގެ ސަރަޙައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރެފިކް ސަރވޭގައި ހަރަކާތްތެރިވުމަށް އިންޑިއާގެ މަނަވަރަކާއި، 4 ބޯޓު ހަރަކާތްތެރިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ރާއްޖޭގެ ކަނދުގެ ސަރަހައްދުގައި އިންޑިއާގެ މަނަވަރެއް ހަރަކާތްތެރިވާތީ، އެއީކޮން ކަމަކައި ގުޅޭގޮތުން ހަރަކާތްތެރިވާ އުޅަދެއްތޯ ސާފުކުރުމަށް ނޫސްވެރިއަކު ސުވާލު ކުރުމުން އެމްއެންޑީއެފްއިން ބުނެފައިވަނީ އެއުޅަދަކީ ރާއްޖޭގައި ނިޔަމި ކަމުގެ ބޭނުން ކުރާ ޗާޓްތައް އިސްލާހު ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ޑިފެންސްއާއި ގުޅިގެން ކުރިއަށް ގެންދަވާ ހައިޑްރޯގްރަފިކް ސާވޭގެ މަސައްކަތް ކުރުމުގައި ހަރަކާތްތެރިވާ އުޅަނދެއް ކަމަށެވެ. މިމަސައްކަތް ކުރިއަށް ދަނީ އެމްއެންޑީއެފްގެ ސިފައިންނާއިއެކުގައިކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ރާއްޖެގެ ކަނޑުގެ ސަރަޙައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރެފިކް ސަރވޭގައި ހަރަކާތްތެރިވުމަށް އިންޑިއާގެ މަނަވަރަކާއި، 4 ކުޑަ ބޯޓު ހަރަކާތްތެރިވާކަމަށް އެމްއެންޑީއެފުން ވަނީ ބޔުނެފައެވެ. މި އުޅަދުތަކުގެ ތެރެއިން ކުޑަ ބޯޓުތައް ހަރަކަތްތެރިވަނީ ކ.އަތޮޅުގައާއި، ހދ. އަތޮޅުގެ އިތުރުން ށ. އަތޮޅުގައެވެ.

2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާއި ގުޅިގެން ރާއްޖޭގައި ކުރަމުންދާ ހައިޑްރޮގްރެފިކް ސަރވޭއަކީ ދިވެހިރާއްޖޭގައި ނިޔަމިކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި، ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމާއި، އެންކަރޭޖް އަދި އެޕްރޯޗް ޗާޓް ހެދުމަށްޓަކައި ކުރެވޭ ސަރވޭއެކެވެ.

މްއެންޑީއެފްއިން ވިދާޅުވީ މި ސަރވޭގެ އަލީގައި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރެވި ރާއްޖޭގައި އެންމެ ގިނައިން ހިނގާ ކަނޑުމަތީގެ ހާދިސާކަމުގައިވާ ފަރަށް އެރުންފަދަ ހާދިސާތައް މަދުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން މިފަދަ ހާދިސާތަކުން އޮޑިވެރިންނަށް ގެއްލުން ލިބުމުގެ ފުރުސަރު ކުޑަކުރެވިގެންދާނެކަމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން އިންޝުއަރެންސް ކްލެއިމްތައް ލީގަލައިޒްކުރުމަށާއި، އިޤްތިޞާދު ފުޅާކުރުމަށް ބޭނުންވާ މަޢުލޫމާތު ލިބިގެންދާނެކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. މީގެ އިތުރުން ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާކުރުމަށް ބޭނުންވާނެ މަޢުލޫމާތާއި ކޯސްޓަލް ޒޯން މެނޭޖްމަންޓް ފަދަ މުހިންމު މަސައްކަތްތަކަށް ބޭނުންވާނެ މަޢުލޫމާތު ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީ ޙުސައިން
އިންޑިއާގެ މޯލްޑިވްސް ސްޓޭޓްގައި އިންޑޖއާ މަނަވަރު ވެސް އުޅޭނެނު.