ބްލެކް ރެއިސިންގެ ފައިދާ

ބްލެކް ރެއިސިންގެ ފައިދާ

Author
ފާތިމަތު ނާވީ
08 މެއި 2022 02:57
0

ކެއްކުމުގައި އަދި ފޮނި ކާއެއްޗެހި ހެދުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތެއް ކަމުގައިވާ ރެއިސިންގެ ބާވަތް ތަކަކީ އޭގެން ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ.

ރެއިސިންގެ ތެރޭގައި ހިމެނޭ ބްލެކް ރެއިސިން އިން ލިބޭ ފައިދާ ތަކަކީ ވެސް ސިއްހަތަށް ގިނަގުނަ ފައިދާތައް ލިބޭ އެއްޗެކެވެ.

ބްލެކް ރެއިސިންއަކީ އޭގައި ނެޗުރަލް އެންޓިއޮކްސިޑެންޓް އަދި އަޔަން އިން ފުރިގެންވާ އެއްޗެކެވެ.

ބްލެކް ރެއިސިންއަކީ ބޮލުން އިސްތަށި ފޭބުމާ ހައި ބްލަޑް ޕްރެޝަރަށްވެސް އޮތް ފަރުވާއެކެވެ. މީގެ އިތުރުން ހަށިގަނޑުގައި ހުންނަ ގޯސް ކޮލެސްޓްރޯލް އާއި ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން ބަނޑުހަރުވުމަށްވެސް ހައްލެކެވެ. އެހެން ކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ބްލެކް ރެއިސިން ކޮންމެވެސް ވަރަކަށް ހިމެނުމަށް އިސްކަން ދޭށެވެ.

ރެއިސިންއިން ލިބޭ އިތުރު ފައިދާ ތަކުގެ ތެރޭގައި ޕީރިއަޑް ވާއިރު ބަނޑަށްވާ ތަދު ކުޑަކޮށްދިނުމާއި އެނާޖީ ލެވެލް މަތިކޮށްދިނުމުގެ އިތުރުން އެސިޑިޓީގެ މައްސަލަތައްވެސް ހައްލުވާނެއެވެ.

މޭވާ ހިއްކައިގެން ކެއުމުގެ ސަބަބުން ގޭސްގެ މައްސަލަތަށް ދިމާވާ ކަމަށާއި، ގޭސް ގެ މައްސަލަ ތަކުން ރައްކާތެރި ވުމަށް މިފަަދަ އެއްޗިހި ބޭނުން ކުރުމުގެ ކުރިން އޯވަނައިޓް ސޯކް ނުވަތަ ފެންކޮޅެއްގެ ތެރޭގައި އެއްރޭ ވަންދެއް ބެހެއްޓުމަކީ ކުރުން މުހިންމު ކަމެއް ކަމަށް ޑޮކްޓަރުން ލަފާ ދެއެވެ.

މިއީ އިންޑިއާގެ އަޔުރްވެދިކް އެކްސްޕާޓް ޑޮކްޓަރު ޑީޒާ ބާވްސަރްގެ ލިޔުމަކުން ނަގައިފާ ލިޔުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.