ޓެރަރިޒަމްގެ ހަމަލާ އަމާޒު ކުރީ ތިމަރަފުށީ ކުޑަކުދިންގެ ހަވީރަކަށްނޫން: ފުލުހުން

ޓެރަރިޒަމްގެ ހަމަލާ އަމާޒު ކުރީ ތިމަރަފުށީ ކުޑަކުދިންގެ ހަވީރަކަށްނޫން: ފުލުހުން

Author
މުޙައްމަދު ޝަޒައިމް
12 ނޮވެމްބަރ 2020 01:51
0

ފުލުހުން ހުއްޓުވާފައިވަނީ ތ. ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރާވާފައިވާ ހަމަލާއެއްކަމަށްބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވަނީ ސައްހަ މައުލޫމާތެއް ނޫންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ރާއްޖޭގެ ތިން ސަރަހައްދަކުން މީހުން ހައްޔަރުކޮށް ތަންތަން ބަލާ ފާސްކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށްދާ ކަމަށެވެ. އޮޕްރޭޝަން ކުރިއަށްދާ މިންވަރަކުން މައުލޫމާތު ފުލުހުން ހާމަކުރަމުން ގެންނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމާ ގުޅުން ހުރި މިފަދަ ހައްސާސް މައްސަލަތަކުގައި ކަމާގުޅޭ އިދާާރާތަކުން ހާމަކުރާ ސައްޙަ މައުލޫމާތު ނޫނީ ނުފެތުރުމަށް މީޑިއާތަކަށް އިލްތިމާސް ކުރައްވާފައެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާ ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް އެއަމަލު ހުއްޓުވާ، މިހާތަނަށް 6 މީހަކު ފުލުހުންވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ހަރަކާތްތެރިވަމުންދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ ގައި، އަދި ތ. ތިމަރަފުށީގައިއެވެ. މިއޮޕަރޭޝަންގައި ތ. ތިމަރަފުށިން ރޭ ވަނީ މީހަކު ހައްޔަރުކޮށްފައެވެ. އެއީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި އޮޕަރޭޝަންގައި މިހާތަނަށް އެކު ޖުމުލަ 6 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.