ހަށިގަނޑު ރީތިކުރުމަށްޓަކައި އެތެރެފުށުންނާއި ބޭރުފުށުންވެސް ބޭނުންކުރާ ގިނަ ޕްރޮޑަކްތަކަކީ އޭގެން ނުރަނގަޅު އެތަށް އަސަރުތަކެއް ކުރާ އެއްޗެހިކަން އަހަރެމެން އެންމެންވެސް ޤަބުލުކުރެއެވެ.
އެކަމަކުވެސް ގެއްލުމަށްވުރެ އޭގެ ރީތިކަން ބޮޑުވުމުން ބެނުންކުރަނީއެވެ. ބައެއް މޭކަޕް ކުރާ ސާމާނުން ގެއްލުންތަކެއްވާކަން އެނގިހުރެމެ ކުޑަ ވަގުތުކޮޅެއްގެ ހިތްހަމަ ޖެހުމަށްޓަކައި ބޭނުންކޮއްލަނީ އެއިން އެވަގުތުކޮޅު ގެއްލުމެއް ނުވާނެ ކަމަށް ބަލާފައެވެ.
އެކަމަކު މިއިން ކޮންމެ އެއްޗެއްގައިވެސް ދެކޮޅު އޮވެއެވެ. ނިޔަފަތީގެ ބޭރުން ހާކާލާ ނެއިލް ޕޮލިޝްގެ ސަބަބުން ސިއްހަތަށް ނުރަނގަޅު އަސަރު ތަކެއް ކުރުވާއިރު ސީދާ ހަމުގައި ބޭނުންކުރާ މިފަދަ ތަކެތީގެ ސަބަބުން ނުކުރަންވީ ކީއްވެ ހެއްޔެވެ.؟
ނެއިލް ޕޮލިޝްއަކީ މާގިނައިން ބޭނުންކުރާ އެއްޗެއް ނޫންނަމަވެސް އުނގުޅުމަށްފަހު ނިޔަފަތީގައި ފިލުވާނުލާ އެތަށް ވަގުތަކު ބަހައްޓާ އެއްޗެކެވެ. ނެއިލް ޕޮލިޝްގައި އޮމާން ކުރުމަށް ބެނުންކުރެވިފައި ހުންނަ ޓްލުއިން، ގިނަ އިރު ޕޮލިޝްކަން މަތީ ބެހެއްޓުމަށް ބޭނުންކޮއްފައި ހުންނަ ފޯރމަލްޑިހައިޑް އަދި ވަސްރަގަނޅު ކުރުމަށް ބޭނުންކުރެވޭ ޑިބިއުޓައިލް ފްޓަލޭޓްގެ ސަބަބުން ހަމާއި ހަށިގަނޑުގެ ބައެއް ގުވަނަންތަކަށްވެސް ނުރަނގަޅު އަސަރުކުރެއެވެ.
އަންހެނުންގެ ހާއްސަ ބަލިތައް އަދި ނޭވާލާ ނިޒާމުގެ ބަލިތަކުގެ އިތުރުން ހިތުގެ ބައްޔާއި ކެންސަރަށްވެސް މަގުފަހިވާ ނެއިލް ޕޮލިޝްގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލު ދެނެގަތުމަށްޓަކައި ސައިންޓިސްޓުން 24 އަންހެނުންގެ ގުރޫޕެއް ޝާމިލްވާގޮތަށްވަނީ އެކްސްޕެރިމެންޓެއްވެސް ދާފައެވެ. މި ތަޖުރިބާ ބުނާގޮތުން ނިޔަފަތީގައި ނެއިލް ޕޮލިޝް އުގުޅާތާ 6 ގަނޑިއިރާ 10 ގަނޑިއިރާ ދޭތެރޭގައި ހަށިގަނޑުގައި ޑިފެނައިލް ފޮސްފޭޓް ލެވެލް އާއްމުކޮށް ހުންނަ ވަރަށްވުރެ 7 ގުނަ އިތުރުވެއެވެ. ޑިފެނައިލް ފޮސްފޭޓް އަކީ ހަށިގަނޑުގައި މެޓަބޮލިޒަމް ޕްރޮސެސްގެ ތެރެއިން އުފެދޭ އެއްޗެކެވެ.
ނެއިލް ޕޮލިޝް ބޭނުންކުރާ ނަމަ މާ ގިނަ ވަގުތަށް ބެނުން ނުކުރާށެވެ. އަދި ވީހާވެސް ރައްކާތެރި ނެއިލް ޕޮލިޝްއެއް ހޯދުމަށް ސަމާލުކަން ދޭށެވެ.