މިހާރުވެސް 5 ޤައުމެއްގައި ރާއްޖޭގެ ސިފައިން ޤާއިމުވެ ތިބިކަމަށާ ބޭނުމަކީ ބޭނުމަކީ ޤައުމުގެ ދިފާއީ ކަންކަން ހަރުދަނާ ކުރުމާއި، ޤައުމުގެ ރައްކާތެރިކަމަށްކުރާ މަސައްކަތުގައި އެހެން ޤައުމުތަކުގެ އަސްކަރިއްޔާގެ ތަޖުރިބާއާއި އެހީތެރިކަން ހޯދުން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވެއްޖެއެވެ.
ސިފައިންގެ 130ވަނަ އަހަރީ ދުވަހާއި ގުޅިގެން ދެއްވި ޚާއްސަ އިންޓަވިއުގައި މޭޖަރ ޖެނެރަލް ޝަމާލް ވިދާޅުވީ ދިވެހި ސިފައިންގެ ޚިދުމަތަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެވިއްޖެކަމަށާއި، އަދި މިހާރުވެސް ބޮޑެތި މުހިން މަސައްކަތްތަކެއް ކުރެވެމުން ދާކަމަށެވެ. ޚާއްސަކޮށް ބައިނަލްއަޤްވާމީ މައިދާނުގައި މުހިންމު މަސައްކަތްތަކެއް ފެށިއްޖެކަމަށް ޝަމާލް ވިދާޅުވިއެވެ. ބޭރުގެ ޤައުމުތަކާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކާއެކު، ދިވެހި އަސްކަރިއްޔާ އިތުރަށް ވަރުގަދަކުރެވި، ވަސީލަތްތަކުގެ ގޮތުންވެސް ކުރިއެރުންތަކެއް ހޯދެން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރުވެސް 5 ޤައުމެއްގައި ރާއްޖޭގެ ސިފައިން ޤާއިމުވެ ތިބިކަމަށާ، އަދި އިންޓަރނޭޝަަނަލް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަނުގައިވެސް ރާއްޖޭގެ ސިފައިންގެ ވަފުދެއް ޤާއުމުވެ އޮތްކަމަށް ޝަމާލް ވިދާޅުވިއެވެ. މީގެ އެންމެބޮޑު ބޭނުމަކީ ޤައުމުގެ ދިފާއީ ކަންކަން ހަރުދަނާ ކުރުމާއި، ޤައުމުގެ ރައްކާތެރިކަމަށްކުރާ މަސައްކަތުގައި އެހެން ޤައުމުތަކުގެ އަސްކަރިއްޔާގެ ތަޖުރިބާއާއި އެހީތެރިކަން ހޯދުންކަމަށް ޝަމާލް ވިދާޅުވިއެވެ.
ރާއްޖޭގެ ސިފައިން، އެކި ޤައުމުތަކުގައި ޤާއިމުވެ އެބަތިބި. އެގޮތުން އިންޑިއާ، ލަންކާ، ޕާކިސްތާނު އަދި އަދި އިނގިރޭސި ވިލާތުގައި އެބަތިބި. އަދި މެލޭޝިއާގައި ޑިފެންސް އެޑްވައިޒަރުންގެ އޮފީސް އެބަހުރި.
– ޝަމާލް ވިދާޅުވިއެވެ.
މިއީ ދިފާޢީ ސަލާމަތީގޮތުން ދިމާވާ އެކިއެކި ގޮންޖެހުންތަކާއި ކުރިމަތިލުމަށް މުހިންމު ގުޅުންތަކެއް ކަމަށާ، ޚާއްސަކޮށް އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ހިންގާ ކުށްތައް ހުއްޓުވުމަށް ބޮޑު އެހީތެރިކަމެއް ލިބޭކަމަށް ޝަމާލް ވިދާޅުވިއެވެ. އެގޮތުން ކަނޑު ފޭރުމާއި، އިންސާނީ ވަގުފާރިއާއި ކްރޮސް ބޯޑަރ ޓެރަރިޒަމާއި، ޑްރަގްގެ ވިޔަފާރިއާއި ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރުންފަދަ ކަންކަން ހުއްޓުވުމުގައި ޤަޢުމަތައް ގުޅިގެން ކުރަމުން ދަނީ ވަރަށް މުހިންމު މަސައްކަތެއްކަމަށް ޝަމާލް ވިދާޅުވިއެވެ.
ޝާމާލް ވިދާޅުވި ދިވެހި ސިފައިންގެ ތަރައްޤީއަށް ބޭނުންވާ ތަމްރީނުތައް ދެވޭ މިންވަރުވެސް ވަރަށްބޮޑަށް އިތުރުވެފައިވާކަމަށެވެ. އެގޮތުން އެކި ޙާލަތްތަކަށް ސިފައިން ތަމްރީނުކުރުމާއި، ޑިފެންސްގެ ޒަމާނީ އުކުޅުތަކާއި ވަސީލަތްތައް ބޭނުންކުރުމަށް ސިފައިން ތަމްރީންކުރުން ހިމެނޭކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ