ވަލްވާޑޭގެ ފައިބިންދައިގެން ގޮސް ދިގުމުއްދަތަކަށް ކުޅުމާއި ދުރަށް

ވަލްވާޑޭގެ ފައިބިންދައިގެން ގޮސް ދިގުމުއްދަތަކަށް ކުޅުމާއި ދުރަށް

Author
އިބްރާހީމް ސާޢިދު
11 ނޮވެމްބަރ 2020 10:08
0

ރެއާލްމެޑްރިޑް އެންމެފަހުން ކުޅުނު މެޗުގައި ސީރިއަސް އަނިޔާއަކާއި ކުރިމަަތިވެ ދިގުމުއްދަތަކަށް ރެއާލް މެޑްރިޑުގެ ޒުވާން މިޑްފީލްޑަރ ވަލްވާޑޭ ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.

ރެއާލްމެޑްރިޑުގެ ވެބްސައިޓުގައި ބުނެފައިވަނީ ވަލްވާޑޭގެ އަނިޔާ ދެނެގަތުމަށް ޓެސްޓުތަކެއް ހަދާފައިވާ ކަމަށާއި ނަތީޖާ ދައްކާގޮތުން ކަނާތުފައިގެ ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާކަމަށެވެ. އަދި ރިކަވާ ވާން ކުރަންޖެހޭ މަސައްކަތްތަކާއި ނަގާނެ މުއްދަތު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރެވެމުން ދާކަމަށްވެސް މިބަޔާނުގައި ބުނެފައިވެެއެވެ. އޭނާ އަނިޔާއިން އެއްކޮށް ރަނގަޅުވާން ނަގާނީ ކިހާ މުއްދަތެެއް ކަމެއް އެބަޔާނުގައި ބުނެފައިވެއެވެ. ބެލެވޭ ގޮތުގައި ދެން މި ސީޒަންގައި އޭނާއަށް ނުކުޅެވޭނެއެވެ.

ވަލްވަޑްރޭ ވަނީ މެޑްރިޑަށް ކުޅުނު 11 މެޗުގައި ތިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.