ކިމިޗަށް އަނިޔާވެ ތިންމަހަށް ކުޅުމާ ދުރަށް

ކިމިޗަށް އަނިޔާވެ ތިންމަހަށް ކުޅުމާ ދުރަށް

Author
އިބްރާހީމް ސާޢިދު
09 ނޮވެމްބަރ 2020 10:27
0

ބަޔާން މިއުނިކުގެ ޑިފެންޑަރު ޖޯޝުއާ ކިމިޗަށް އަނިޔާވެ ތިންމަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ކިމިޗުގެ ކަކުލަށް ސީރިއަސް އަނިޔާއެއް ލިބުމާ ގުޅިގެން އާދީއްތަ ދުވަހު އޭނާ ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. ކިމިޗުގެ އޮޕަރޭޝަން ކާމިޔާބުކަމަށް ބަޔާނުން ބުނެފައިވާއިރު، މި އަނިޔާއާ ގުޅިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކިމިޗް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 25 އަހަރުގެ ކިމިޗަށް އަނިޔާވީ ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ވާދަވެރި ބޮރޫޝީއާ ޑޯޓްމުންޑް އަތުން 3-2 ން ބަޔާން މޮޅުވި މެޗުގައެވެ. ކުޅުންތެރިޔާ އެންމެއަވަހަށް ވެސް ކުޅުމުގެ ތެރެއަށް އާދެވެނީ އަންނަ ފެބްރުވަރީ މަހުގައެވެ. ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުން ކުރިޔަށް ކުޅެންހަމަޖެހިފަވާ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކާއި ޔުއެފާ ނޭޝަންސް ލީގުގައި ކުޅޭ މެޗުތަކުގައިވެސް ކިމިޗަށް ނުކުޅެވޭނެއެވެ.

މި ސީޒަނުގައި ބަޔާނުން ކުޅުނު 11 މެޗުގައި ކިމިޗް ވަނީ ތިން ލަނޑު ޖަހާފައެވެ. އެނާ މިހާތަނަށް ބަޔާނަށް ކުޅުނު 233 މެޗުގައި ވަނީ 27 ލަނޑު ޖަހާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.